logo
MPL

MPL

ޚަބަރު

ކޮޕް29 ގެ ދަށުން ރާއްޖެއަށް ހިލޭ އެހީ ލިބިއްޖެ

އައިޝަތު އިނާޝާ
18 ނޮވެމްބަރު 2026 - 18:58
ކޮޕް29 ގެ ދަށުން ރާއްޖެއަށް ހިލޭ އެހީ ލިބިއްޖެ

މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ ހަކަތައާއި ފެނާއި ނަރުދަމާގެ ޚިދުމަތްތަކުގެ އިތުރުން ގެދޮރުވެރިކަމުގެ ދާއިރާއަށް އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން، ކޮޕް29 ގެ ރިޔާސަތާއި ކޮމަންވެލްތު ފަންޑު ފޮރ ސިޑްސް ގުޅިގެން ދޭ ހާއްސަ ހިލޭ އެހީއަކަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ.

މިކަން ރަސްމީކޮށް އިޢުލާނުކޮށްފައިވަނީ ތިމާވެށީގެ ބައިނަލްއަޤްވާމީ ސަމިޓުގެ ހަވާސާގައި ބޭއްވުނު "މޮބިލައިޒިންގ ގްރީން އެންޑް ބްލޫ އިންވެސްޓްމަންޓް ފޮރ ސިޑްސް" މަތީ ފެންވަރުގެ ބައްދަލުވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނާޖީގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ ވަނީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ދައުލަތުގެ އަދި އަމިއްލަ ފަރާތްތަކުގެ މާލީ އެހީތެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މި ހިލޭ އެހީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ރަށްރަށުގައި މޫސުމީ ބަދަލުތަކަށް ފެތޭނޭހެން ޔުޓިލިޓީ ޚިދުމަތްތައް ތަރައްޤީކުރުމަށާއި، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ބޭނުންވާ ފުރުޞަތުތައް ފަހިކޮށްދިނުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮޕް29 ގެ ދަށުން ރާއްޖެއަށް ހިލޭ އެހީ ލިބިއްޖެޚަބަރު | 27 މިނިޓު ކުރިންއެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 3 މަސް ކުރިންޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މައުލޫމާތު އެއްކުރުމާ ގުޅޭ ގަވާއިދު އާންމުކޮށްފިޚަބަރު | 5 މަސް ކުރިން