logo
MPL

MPL

ޚަބަރު

ޚަތީބުން ބިނާނުކޮށްފިނަމަ، ކުރިމަތިލާންޖެހޭނީ ބޮޑު ގެއްލުމަކާ: މިނިސްޓަރ ޝަހީމް

ފެރ
ފެރ

ޚަތީބުން ބިނާކުރުމުގެ މަސައްކަތަކީ މިއަދު ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށާއި ޚަތީބުން ބިނާނުކޮށްފިނަމަ، ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިދާނެކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޒުވާން ޚަތީބުން ތަމްރީންކުރުމުގެ ހަތަރު ވަނަ ބުރުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި އިމާމުން މަދުވުމާއި ޚުޠުބާ ކިޔާނެ މީހުން ނެތުން ފަދަ މައްސަލަތައް މިހާރުވެސް ދިމާވާކަމަށާއި އެކަމަށް ހައްލު ހޯދައިދިނުމަށް އެ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. ޚަތީބުންނަކީ ތަފާތު މާތް ބައެއް ކަމަށާއި، ފޭރާން އެޅުމާއި ސުލޫކާއި، މުއާމަލާތުކުރުމުގައިއާއި އެހެނިހެން ގޮތްގޮތުން ބެލިޔަސް ޚަތީބުން ވާންވާނީ ނަމޫނާ ބަޔަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ޚަތީބުކަމަށް ވުރެ ވަކިން ބޮޑު ޝަރަފުވެރި މަސްއޫލިއްޔަތެއް ނެތްކަން ފާހަގަކުރައްވާ ވިދާޅުވީ ގަޑިއަށް ކަމޭހިތުމާއި، ފަރުވާތެރިވުމާއި، ޚުޠުބާ ކިޔުމުގެ ކުރިން އެކަމަށް ފަރިތަކޮށް ތައްޔާރުވުން މުހިންމު ކަމަށެވެ. އަދި ޚުތުބާ ކިޔާއިރު ހަދީސްތަކާއި އާޔަތްތައް ރީތިކޮށް ތަޖުވީދުން ކިޔަން އާދަކުރަންވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ހުކުރުގެ ޖަމާއަތަކީ އިސްލާމްދީނުގެ މަތިވެރިކަމާއި އެކުވެރިކަން ރަމްޒުކޮށްދޭ ހެއްކެއް ކަމަށާއި އިސްލާމީ އަޅުކަންތައް ތަރުތީބުވެފައިވާ އުސޫލަށް ބަލާއިރު މިސްކިތުގައި ޤާއިމްކުރާ ޖަމާއަތަކީ އިސްލާމީ އުއްމަތުގެ ބަދަހިކަމާއި އަޚުވަންތަކަން ބަޔާންކޮށްދޭ ކަމެއް ކަމަށެވެ. އެެހެންކަމުން އެ ޖަމާއަތްތަކުގައި އިސްކޮށްތިބުމުގެ ޒިންމާއަކީ މުހިންމު، މާތް ޒިންމާއެއް ކަމަށާއި އިމާމުވެ ނަމާދުކުރުމާއި ބަންގިގޮވުމަކީ ލިބޭ ޝަރަފެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ވިދާޅުވީ، ޒުވާން ޚަޠީބުންގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 600 އަށް ވުރެ ގިނަ ޒުވާނުން ސަނަދު ހޯދާފައިވާކަމަށެވެ. އަދި ރާއްޖޭގެ ހާފިޒުންގެ އަދަދު މިހާރު 310 އަކަށް އަރާފައިވާކަމަށެވެ.

ޒުވާން ޚަޠީބުން ތަމްރީން ޕްރޮގްރާމުގެ 4 ވަނަ ޕްރޮގްރާމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 82 ފަރާތަކުން ބައިވެރިވެފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިހުތިރާމް ކުރުމުގެ ރޫހު ވަނީ ނެތިފައި، އެއް ނިޔަތެއްގައި އިސްލާހު ކުރަން އުޅެފިއްޔާ މިއީ އުނދަގޫ ކަމެއް ނޫން: ރައީސްޚަބަރު | ގަޑިއިރެއް ކުރިން ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް ފާސްކޮށްފިޚަބަރު | 6 ގަޑިއިރު ކުރިންއިސްލާމްއާބާދުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާޚަބަރު | 7 ގަޑިއިރު ކުރިންކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފިޚަބަރު | ދުވަހެއް ކުރިން