logo
MPL

MPL

ޚަބަރު

އިސްލާމްއާބާދުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ

އައިޝަތު ނަޝާ
26 އޯގަސްޓު 2026 - 12:04
އިސްލާމްއާބާދުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް، ޕީއައިއެމްއެސްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާގެ މެސެޖު ފޮނުއްވާފައިވަނީ، އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ތުއްތު ކުދިންތަކެއްގެ ފުރާނަ ގެއްލިގެންދިޔަ މި ހިތާމަވެރި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވިއެވެ. އަދި މި ހިތާމައިގެ ވަގުތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ހެޔޮ ދުޢާ ވަނީ، މި ހާދިސާގައި ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކާއެކުގައި ކަމަށާއި، އެ އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި މާތް ﷲގެ ހަޟްރަތުގައި ދުއާ ދަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބޮޑުވަޒީރު ޝަރީފަށާއި، ޕާކިސްތާނުގެ ސަރުކާރަށް އަދި އެ ޤައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ. މީގެއިތުރުން މި ހާދިސާއާ ގުޅިގެން މިހާރު ކުރިއަށްދާ ތަހުގީގަކީ، ކުރިމަގުގައި މިފަދަ ހާދިސާތައް ހުއްޓުވުމަށް އެޅޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް އެޅޭ ބާރަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވިއެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް، ޕީއައިއެމްއެސް ހަސްފަތާލުގެ ކުޑަކުދިންގެ ވޯޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައިވަނީ، މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މި ހާދިސާ ހިނގި ވަގުތު ނާސަރީގައި 16 ތުއްތުކުދިން ތިބި ކަމުގައި އޮފިޝަލުންނާ ޙަވާލާދީ ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓުކުރިއެވެ. ނަމަވެސް، ސަލާމަތް ކުރެވިފައިވަނީ، އޭގެ ތެރެއިން އެންމެ ކުއްޖެކެވެ. އަލިފާން ރޯވީ، ނާސަރީގައި ހުރި އެއަރ ކޮންޑިޝަންއެއްގެ ކޮމްޕްރެސަރު ގޮވައިގެން ކަމަށް އޮފިޝަލުން ބުުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްލާމްއާބާދުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާޚަބަރު | ގަޑިއިރެއް ކުރިންކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފިޚަބަރު | ދުވަހެއް ކުރިންމި ސަރުކާރުން ފެށި ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމުގެ ދަތުރު މާލީ ހަމަޖެހުމާއި، ޑިޖިޓަލް އަދި ފެހި އިޤްތިޞާދަކަށްރިޕޯޓް | ދުވަހެއް ކުރިން'ރާއްޖޭގެ ޖީޑީޕީގެ %15 ޑިޖިޓަލް އިގްތިސޯދު ހިއްސާކުރާ މިންވަރަކަށް ހެދުމަކީ 2030 އަށް ކަނޑައަޅާފައިވާ އަމާޒެއް: ރައީސްޚަބަރު | 3 ދުވަސް ކުރިން