logo
MPL

MPL

ޚަބަރު

އިހުތިރާމް ކުރުމުގެ ރޫހު ވަނީ ނެތިފައި، އެއް ނިޔަތެއްގައި އިސްލާހު ކުރަން އުޅެފިއްޔާ މިއީ އުނދަގޫ ކަމެއް ނޫން: ރައީސް

އަޙުމަދު ރިޝާން
26 އޯގަސްޓު 2026 - 17:52
 އިހުތިރާމް ކުރުމުގެ ރޫހު ވަނީ ނެތިފައި، އެއް ނިޔަތެއްގައި އިސްލާހު ކުރަން އުޅެފިއްޔާ މިއީ އުނދަގޫ ކަމެއް ނޫން: ރައީސް

ސިޔާސީ އޮއިވަރާ ހެދި އިހުތިރާމް ކުރުމުގެ ރޫހު ވަނީ ނެތިފައި ކަމަށާއި އެއް ނިޔަތެއްގައި އިސްލާހު ކުރަން އުޅެފިއްޔާ މިއީ އުނދަގޫ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަ ދައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިޖްތިމާއީ ފެރޭން ނެތިގެން ގޮސްފައިވާ ކަމަށެވެ. އަދި މިއީ ހިތާމަ ކުރަންޖެހޭ ކަމެއް ކަމަށާއި، މީގެ ކުރިން ދިވެހިންނަކީ ފަހުރުވެރިކަމާ އެކީ މީހުންނަށް ކަމޭހިތާ ބައެއް ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވެވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއީސް ވިދާޅުވީ ގައުމު ގައުމެއްގެ ގޮތުގައި މިނިވަންކަންމަތީ ކުރިޔަށްދާން ބޭނުންވާނަމަ ކާބަފައިން މިގައުމު އަޅުގަނޑުމެންނާ ހިސާބަށް ގެނައި ގެނައުން އަމާނާތްތެރިކަމާ އެކު ޒިންމާއެއްގެ ގޮތުގައި ކުރިޔަށް ގެންދަންޖެހޭ ކަމަށެވެ. އަދި އެމަގުން އަނެއްކާ ވެސް ގައުމު އިސްލާހު ކުރަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރާއްޖެއަކީ ކުޑަ މުޖްތަމައުއެއް ކަމަށާއި އެންމެން އެކީ އެއް ނިޔަތެއްގައި އިސްލާހު ކުރަން ނުކުމެއްޖިއްޔާ އެއީ ނުވާވަރުގެ ކަމެއް ނޫން ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވެވި އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިހުތިރާމް ކުރުމުގެ ރޫހު ވަނީ ނެތިފައި، އެއް ނިޔަތެއްގައި އިސްލާހު ކުރަން އުޅެފިއްޔާ މިއީ އުނދަގޫ ކަމެއް ނޫން: ރައީސްޚަބަރު | ގަޑިއިރެއް ކުރިން ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް ފާސްކޮށްފިޚަބަރު | 6 ގަޑިއިރު ކުރިންއިސްލާމްއާބާދުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާޚަބަރު | 7 ގަޑިއިރު ކުރިންކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފިޚަބަރު | ދުވަހެއް ކުރިން