logo
Bank of Maldives

Bank of Maldives

ވިޔަފާރި

އީކޮމާސް ވިޔަފާރި މުއާމަލާތްތައް ކޮވިޑަށް ފަހު އިންތިހާއަށް އިތުރުވެއްޖެ: ބީއެމްއެލް

ޒިދާން މުޙައްމަދު
30 ޖޫން 2026 - 18:44
އީކޮމާސް ވިޔަފާރި މުއާމަލާތްތައް ކޮވިޑަށް ފަހު އިންތިހާއަށް އިތުރުވެއްޖެ: ބީއެމްއެލް

މެންދުރު ޓީވީގެ މައުޟޫޢު ޕްރޮގްރާމްގައި ބީއެމްއެލްގެ ހިއްސާކުރި މައުލޫމާތަށް ބަލާއިރު ރުފިޔާ ކާޑު ބޭނުންކޮށްގެން ރާއްޖޭއިން ބޭރުގެ މުޢާމަލާތްތައް ކުރާ މިންވަރު ފާއިތުވި އަހަރުތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ ތެރޭގައި ރާއްޖޭގައި ތިބެގެން ކުރާ އޮންލައިން ވިޔަފާރިތަކާއި، ރާއްޖޭއިން ބޭރަށް ގޮސް ކުރާ ޚަރަދުތައް ހިމެނެއެވެ.

2021 ވަނަ އަހަރު މަހެއްގެ މައްޗަށް ކާޑު މުޢާމަލާތްތަކަށް ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު ބޭނުންވިއިރު، މިހާރު އެ އަދަދު ވަނީ ގާތްގަނޑަކަށް 39 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރުވުމެކެވެ. ކުރިން މަހެއްގެ މައްޗަށް އެވްރެޖްކޮށް އެއްލައްކަ ކަސްޓަމަރުން ރުފިޔާ ކާޑުން ބޭރުގެ މުޢާމަލާތްތައް ކުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ ތިންލައްކައަށްވުރެ މައްޗަށް ގޮސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ބޭންކުން ފާހަގަކުރާ ގޮތުގައި، ރާއްޖޭގައި އޮންލައިންކޮށް ވިޔަފާރިކުރުމާއި އީކޮމާސް ސައިޓްތައް ބޭނުންކުރުން އެންމެ ބޮޑަށް އިތުރުވެގެންދިޔައީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އައި ބަދަލުތަކާއެކުގައެވެ. ދިވެހިންގެ މެދުގައި މަޤްބޫލު އީކޮމާސް ސައިޓްތަކުގެ ތެރެއިން "ޓީމު" ފަދަ ސައިޓްތަކަކީ ގިނަ އަދަދަކަށް ޓްރާންސެކްޝަން ހިނގާ ތަންތަންކަން ފާހަގަކޮށްފައިވެއެވެ.

ބޭންކަށް ކުރިމަތިވާ ގޮންޖެހުންތައް

ރުފިޔާ ކާޑުން ކުރާ ކޮންމެ މުޢާމަލާތަކަށް ބޭންކުން ބޭރުގެ ފަރާތްތަކަށް ޑޮލަރުން ފައިސާ ދައްކަންޖެހެއެވެ. މިގޮތަށް ޑޮލަރު ބޭރުވާ މިންވަރު އިންތިހާއަށް އިތުރުވުމަކީ ބޭންކުން ވަކި ގޮތްތަކެއް ނިންމަންޖެހުނު މައިގަނޑު ސަބަބެވެ.

ބޭންކުން ވަކި ސައިޓްތަކެއް ޕަބްލިޝްކޮށް، ކާޑުގެ މުޢާމަލާތްތަކަށް ބަދަލުތަކެއް ގެންނަން ޖެހުނީ ހިނގަމުންދާ ޓްރާންސެކްޝަންތަކުގެ ވޮލިއުމްއަށް ބަލައި، ޑޮލަރުގެ ތާށިކަމަށް ރިޢާޔަތްކުރުމަށްފަހުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

‘’މަގުބޫލު އީ-ކޮމާސް ސައިޓުތަކަށް ސިކުންތަކު 70 އަށްވުރެ ގިނަ މުއާމަލާތް ހިނގާ’’ވިޔަފާރި | 5 ދުވަސް ކުރިންޑެބިޓްކާޑަށް "ކްރޮސް ބޯޑަރ" ފީ ނެގުން މިރެއިން ފެށިގެން ނިމުމަކަށްޚަބަރު | 10 ދުވަސް ކުރިންބީއެމްއެލްއިން ޓީޓީތަކަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުކުރަން ނިންމައިފިޚަބަރު | މަހެއް ކުރިންގައުމީ ބޭންކުން ކޮންމެ ދުވަހަކު 2.7 މިލިޔަން ޑޮލަރު ވިއްކާޚަބަރު | މަހެއް ކުރިން