logo
Bank of Maldives

Bank of Maldives

ދުނިޔެ

ޣައްޒާގެ ދެކުނުގައި މީހުން ދިރިއުޅޭ ތަންތަނަށް އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދީފި

ޒިދާން މުޙައްމަދު
1 ޖުލައި 2026 - 12:14
ޣައްޒާގެ ދެކުނުގައި މީހުން ދިރިއުޅޭ ތަންތަނަށް އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދީފި

ޣައްޒާގެ ދެކުނު ސަރަހައްދުގައި ހާލުގައި ޖެހިފައިވާ މީހުން ދިރިއުޅޭ ޓެންޓުތަކަށް އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ވައިގެ މަގުން ދިން ހަމަލާތަކެއްގައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކޮށްލައިފިއެވެ. ޚާން ޔޫނިސްގެ އަލް މަވާސީގައި ހުރި ޓެންޓު އަވަށްތަކަށް އަމާޒުކޮށް ދިން މި ހަމަލާތަކުގައި އަންހެނަކާއި އޭނާގެ ކުޑަ އަންހެން ދަރިފުޅު ހިމެނޭހެން ޖުމްލަ 8 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން މި އުދުވާނުގައި ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށްވެސް ޣައްޒާއިން ލިބޭ ޚަބަރުތަކުން އެނގެއެވެ.

ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއެކު އެއްބަސްވުމަކަށް އައިސްފައިވީ ނަމަވެސް، އިސްރާއީލުން ގެންދަނީ އެ އެއްބަސްވުމާ ޚިލާފަށް މެދުކެނޑުމެއްނެތި އާންމުންނަށް ހަމަލާދެމުންނެވެ. ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޫބަރު 10 އިން ފެށިގެން މިހާތަނަށް 1,045 މީހުން ޝަހީދުވެފައިވާއިރު، 3,380 މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްރާއީލުން ގެންދަނީ ގެދޮރު ގެއްލިފައިވާ މީހުން ނިދާފައި ތިބޭ ވަގުތުތަކުގައި ޓެންޓުތަކަށް އަލިފާން ބޮން އަޅައި، އާއިލާތައް އެކުގައި ނައްތާލަމުންނެވެ. ރޭގައިވެސް އަލް މަވާސީގެ އަތިރިމަތީގައި ހުރި ޓެންޓަކަށް ޑްރޯން ހަމަލާއެއްދީ 2 މީހުން ޝަހީދުކޮށް 27 މީހުން ޒަޚަމްކޮށްލާފައިވެއެވެ. ހަމައެހެންމެ، ޚާން ޔޫނިސްގެ ބަނީ ސުލައިހާގައި އާންމުން އެއްވެ ތިބި ތަނަކަށް ދިން ހަމަލާއެއްގައި ކުޑަކުއްޖަކާއެކު ތިން މީހުން ޝަހީދުވެފައިވެއެވެ.

ޣައްޒާގެ ދެކުނުގެ އިތުރުން މެދުތެރެއާއި އުތުރުގެ ސަރަހައްދުތަކުގައިވެސް އިސްރާއީލުގެ ޓެރަރިސްޓު ހަމަލާތަކުގައި ގިނަ ބަޔަކު ޒަޚަމްވަމުންދެއެވެ. އަދި ބަރު ހަތިޔާރާއި އަސްކަރީ އުޅަނދުތަކާއެކު އާންމުންގެ އަވަށްތަކަށް ވަދެގަނެ، ބޮޑުބަޑިއާއި ބަޑީގެ ހަމަލާތައް އަމާޒުކުރަމުންދާ ކަމަށް ޣައްޒާގެ ރިޕޯޓުތަކުން ކަށަވަރުވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާގެ ދެކުނުގައި މީހުން ދިރިއުޅޭ ތަންތަނަށް އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދީފިދުނިޔެ | 2 ގަޑިއިރު ކުރިންއިސްރާއީލަށް 8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާއިން ނިންމައިފިދުނިޔެ | އަހަރެއް ކުރިން