logoEN
ދުނިޔެ

އިސްރާއީލަށް 8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާއިން ނިންމައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑަން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ މަޝްވަރާ ކުރަނީ

އެމެރިކާގެ ރައީސް ޖޯ ބައިޑަން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ މަޝްވަރާ ކުރަނީ

ސުދާ ލަތީފްސުދާ ލަތީފް

05 ޖެނުއަރީ 2025 - 07:17

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އިސްރާއީލަށް 8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ނިންމާފައިވާކަން ކޮންގްރެސްއަށް އަންގާފައިވާ ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޑިޕާޓްމަންޓް އޮފް ސްޓޭޓް އިން މިދިޔަ ހުކުރު ދުވަހު ހައުސް އާއި ސެނެޓްގެ ފޮރިން އެފެއާޒް ކޮމިޓީތަކަށް އިއުލާނު ފޮނުވާފައިވާ ކަމަށް ނަން ހާމަނުކުރާ އޮފިޝަލުންނާ ހަވާލާދީ އެމެރިކާގެ މީޑިއާތަކުން ހޮނިހިރު ދުވަހު ވަނީ ރިޕޯޓްކޮށްފަ އެވެ.

މި ހަތިޔާރުތަކުގެ ތެރޭގައި 500 ޕައުންޑް (226 ކިލޯ) ގެ ވޯހެޑް، ޕްރިސިޝަން ގައިޑެޑް މިއުނިޝަން، އާޓިލަރީ ޝެލް، ޖެޓް އަދި އެޓޭކް ހެލިކޮޕްޓަރުތަކަށް ބޭނުންވާ މިސައިލް އަދި ބޮން ފިއުޒް ގެ އިތުރުން ޕްރޮޖެކްޓަލްތައް ހުއްޓުވުމަށް ވައިގެ މަގުން ފޮނުވާ މިސައިލްތައް ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހަތިޔާރު އުފެއްދުމުގެ ބައެއް އާލާތްތައް އެމެރިކާގެ މިހާރުގެ ސްޓޮކް މެދުވެރިކޮށް ފުރިހަމަ ކުރެވިދާނެ ކަމަށާއި ނަމަވެސް ގިނަ އަދަދެއްގެ ތަކެތި ދިގު މުއްދަތަކަށް އިސްރާއީލަށް ފޯރުކޮށްދެވޭނެ ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ މަސްދަރުތަކުން ބުނެއެވެ.

މިދިޔަ އޮގަސްޓް މަހު ވޮޝިންޓަނުން ވަނީ 20 ބިލިއަން ޑޮލަރުގެ ވަކި ޕެކޭޖެއް ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި ޖެޓުތަކާއި އަސްކަރީ އުޅަނދުތަކާއި ބޮމާއި މިސައިލް ހިމެނެ އެވެ.

ޣައްޒާގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު 2،000 ޕައުންޑް (907 ކިލޯ) ގެ ބޮމުގެ އެއް ޝިޕްމަންޓެއް ސަޕްލައި ކުރުން އެމެރިކާގެ ރައީސް މިދިޔަ އަހަރު ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލުމާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފާޅުގައި އޭނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ޣައްޒާގައި ފަލަސްތީނުގެ އާންމުން ޝަހީދުކޮށްލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވި ނަމަވެސް ބައިޑަން ގެންދަނީ އިސްރާއީލަށޤ އެގައުމުގެ "އަމިއްލަ ދިފާއުގައި" މަސައްކަތް ކުރެވޭނެކަމުގެ ޔަގީންކަން ދެމުންނެވެ.

ވޮޝިންޓަން ޑީސީއިން ރިޕޯޓްކޮށްފައިވާ އަލްޖަޒީރާގެ އެލަން ފިޝަރު ވިދާޅުވީ އެ ވިއްކުމަށް ކޮންގްރެސްއިން ރުހުން ދީފާނެ ކަމަށް ބެލެވޭ ކަމަށެވެ.

"މަޖިލީހުގެ އާ ރައީސް މައިކް ޖޯންސަން ގެ ފަރާތުން އަޅުގަނޑުމެންނަށް މިހާރު ވެސް އަޑުއިވިފައި އެބަހުރި، އޭނާ އެންމެ އިސްކަމެއް ދެއްވާ އެއް ކަމަކީ އެމީހުންގެ ރަހުމަތްތެރިޔާ އަދި ބައިވެރިޔާ އިޒްރޭލަށް އެމެރިކާގެ ތާއީދު އޮތްކަން އިހުސާސް ކޮށްދިނުން. އެކަން ބްލޮކް ކުރަން ދެ ގޭގައި ވެސް ތިންބައިކުޅަ ދެބައި ވޯޓު ބޭނުންވާނެ، އެއީ އެއްގޮތަކަށް ވެސް ވާނެ ކަމެއް ނޫން،"
"ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއިން އަރައިގަތުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން އެކަށީގެންވާ މަސައްކަތެއް ނުކުރާއިރު އެމެރިކާއިން ހަތިޔާރު ފޯރުކޮށްދެމުން ގެންދާތީ ޑިމޮކްރެޓިކް ޕާޓީގެ ގިނަ މެމްބަރުންތަކެއް ކަންބޮޑުވުން ފާޅުކުރި ނަމަވެސް އެ ހަތިޔާރުތައް އިސްރާއީލަށް ފޮނުވަމުން އެބަދޭ،"

ޣައްޒާގެ އިންސާނީ ޙާލަތާމެދު އިންޒާރު ދިނުމުގެ އިތުރުން، އިސްރާއީލުން އެ ހަނގުރާމައިގައި ނަސްލު ނައްތާލުމުގެ ޖަރީމާތައް ހިންގަމުންދާކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ތުހުމަތުކުރަމުންދާއިރު، ފަލަސްޠީނުގެ ބިމުގައި ގަތުލުއާންމު ހިނގިޔަ ނުދިނުމަށް ފިޔަވަޅުއެޅުމަށް ބައިނަލްއަޤްވާމީ ކޯޓް އޮފް ޖަސްޓިސްއިން އިސްރާއީލަށް ވަނީ އަމުރުކޮށްފައެވެ.

އާބާދީގެ 90 އިންސައްތަ މީހުން ގެދޮރު ގެއްލިފައިވާ ޣައްޒާގެ ޞިއްޙީ ނިޒާމު ހަލާކުކޮށްލުމުގެ ސިޔާސަތެއް އިސްރާއީލުން ގެންގުޅޭކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ވަނީ ތުހުމަތު ކޮށްފައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder