logo
Bank of Maldives

Bank of Maldives

ދުނިޔެ

އެމެރިކާއާއި އީރާނުގެ ސީދާ މަޝްވަރާތައް ޖުލައި މަހުގެ ތިންވަނަ ހަފްތާގައި ދޯހާގައި ބޭއްވުމަށް ތައްޔާރުވަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
2 ޖުލައި 2026 - 14:03
އެމެރިކާއާއި އީރާނުގެ ސީދާ މަޝްވަރާތައް ޖުލައި މަހުގެ ތިންވަނަ ހަފްތާގައި ދޯހާގައި ބޭއްވުމަށް ތައްޔާރުވަނީ

އިސްލާމްއާބާދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، އެމެރިކާއާއި އީރާނުގެ ސީދާ މަޝްވަރާތަކުގެ ކުރިއަށް އޮތް ބުރު ޖުލައި މަހުގެ ތިންވަނަ ހަފްތާގައި ގަތަރުގެ ދޯހާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޕާކިސްތާނު ސަރުކާރުގެ މަސްދަރުތަކުން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ.

މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ލުބުނާނުގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި ސްޓްރެއިޓް އޮފް ހޯރްމޫޒްގެ ހާލަތާ ގުޅޭގޮތުންނެވެ. މަޝްވަރާގެ މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ޕާކިސްތާނާއި ގަތަރުން ދަނީ ދެ ގައުމުގެ ދެމެދުގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ދެ ފަރާތާވެސް މެދުނުކެނޑި ގުޅަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްވަރާތަކަށް އެމެރިކާ ތައްޔާރަށް އޮތްއިރު، އީރާނުންވެސް ވަނީ މިކަމަށް ޕޮޒިޓިވް އިޖާބައެއް ދީފައެވެ. ނަމަވެސް، އީރާނުން ބުނެފައިވަނީ މަޝްވަރާތައް އަލުން ފަށާނީ އަވަހާރަކޮށްލާފައިވާ ލީޑަރު ސައްޔިދު އަލީ ޚާމަނާއީގެ ޖަނާޒާއަށް ފަހުގައި ކަމަށެވެ. ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ޖަނާޒާއަށްފަހު އެންމެ އަވަސް ފުރުސަތެއްގައި ބައްދަލުވުން ބޭއްވުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ.

އީރާނުން ވަނީ ލުބުނާނުގެ މައްސަލައާއި ހިފަހައްޓާފައިވާ ފައިސާގެ މައްސަލަ އެއްކޮށް ހައްލުނުވަނީސް ނިއުކްލިއާ މައްސަލައާ ގުޅޭ އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް ބުނެފައެވެ. މީގެ އިތުރުން، ހުރިހާ ފްރަންޓެއްގައި ހަނގުރާމަ ހުއްޓާލައި، ލުބުނާނުގެ ދެކުނުން އިސްރާއީލު ސިފައިން ފައިބައިފުމަށް ގޮވާލާ އިސްލާމްއާބާދު އެމްއޯޔޫގެ މާއްދާތައް ފުރިހަމަވަންދެން ސްޓްރެއިޓް އޮފް ހޯރްމޫޒް އެއްކޮށް ހުޅުވައިނުލާނެ ކަމަށްވެސް އީރާނުން ވަނީ މެދުވެރިން މެދުވެރިކޮށް އަންގާފައެވެ.

ގަތަރުގައި ހިފަހައްޓާފައިވާ އީރާނުގެ 6 ބިލިއަން ޑޮލަރު ދޫކޮށްލުމާ ގުޅޭގޮތުން ދެ ފަރާތުގެ ދެމެދުގައި ބައެއް ކުރިއެރުންތައް ވަނީ ލިބިފައެވެ. އީރާނުން އެ ފައިސާ ވަގުތުން ދޫކޮށްލުމަށް އެދެމުންދާއިރު، އެމެރިކާއިން އުސޫލެއްގެ ގޮތުން އެކަމަށް އެއްބަސްވި ނަމަވެސް، ބާރުއަޅަނީ އެ ފައިސާ ބައިބަޔަށް ދޫކުރުމަށާއި އެއީ އެމްއޯޔޫ ތަންފީޒުކުރުމާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ބޭއްވުމަށެވެ.

އެމެރިކާގެ ވިސްނުމަކީ ކުރިން އެއްބަސްވެފައިވާ ކަންކަން ތަންފީޒުކުރުމާއި، ނުނިމި ހުރި ކަންކަމާ ގުޅޭ މަޝްވަރާތައް އެކުގައި ކުރިއަށް ގެންދިއުމެވެ. ނަމަވެސް އީރާނުން މި ވިސްނުމާ ދެކޮޅު ހަދާފައިވާތީ، މި މައްސަލަތަކަށް އިތުރަށް ވާހަކަ ދެއްކުމަށް ދެ ފަރާތުން ވަނީ ކުރިއަށް އޮތް ބައްދަލުވުމަށް އެއްބަސްވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމެރިކާއާއި އީރާނުގެ ސީދާ މަޝްވަރާތައް ޖުލައި މަހުގެ ތިންވަނަ ހަފްތާގައި ދޯހާގައި ބޭއްވުމަށް ތައްޔާރުވަނީދުނިޔެ | 2 ގަޑިއިރު ކުރިންއީރާނާއި އެމެރިކާގެ އެއްބަސްވުމާ ގުޅޭގޮތުން ގަތަރާއެކު މަޝްވަރާކުރަނީދުނިޔެ | 2 ދުވަސް ކުރިންއަންގާރަ ދުވަހު ދޯހާގައި އެމެރިކާއާއި އީރާނުން ބައްދަލުކުރަނީދުނިޔެ | 3 ދުވަސް ކުރިންހޮރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގެ ކަންކަމަށް އެހެން ފަރާތްތަކުން ނުފޫޒު ނުފޯރުވުމަށް އީރާނުން އިންޒާރުދީފިދުނިޔެ | 4 ދުވަސް ކުރިން