logo
Bank of Maldives

Bank of Maldives

ޚަބަރު

ކުށުގެ މާހައުލުގައި އުޅޭ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ދާއިމީ ޙައްލެއް ހޯދައިދޭނަން: ރައީސް

ޒިދާން މުޙައްމަދު
3 ޖުލައި 2026 - 11:30
ކުށުގެ މާހައުލުގައި އުޅޭ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ދާއިމީ ޙައްލެއް ހޯދައިދޭނަން: ރައީސް

ކުށުގެ މާހައުލުގައި އުޅޭ ކުދިން އަލުން މުޖުތަމަޢުގެ ތެރެއަށް ނެރުމަށްޓަކައި، ޒަމާނީ ވަސީލަތްތަކާއެކު ދާއިމީ ޙައްލެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސްތުވާތަކެތީގެ މައްސަލައަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ރައީސް ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މިފަދަ ކަންކަމުގައި ޝާމިލުވާ ޒުވާނުން އެ ނުރައްކަލުން ސަލާމަތްކޮށް، އެކުދިންނަކީ މުޖުތަމަޢަށް ފައިދާހުރި، އަބުރުވެރި ދިރިއުޅުމެއް އުޅޭ ބަޔަކަށް ހެދުން ކަމަށެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހުމަށް މެދުވެރިވާ ސަބަބުތައް ގިނަކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިކަމަށް އޮތް ޙައްލަކީ މައްސަލައިގެ އަސްލު މުލަށް ވާސިލުވެ އެކަންކަން އިޞްލާޙުކުރުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ބޯހިޔާވަހިކަމުގެ ދަތިކަމާއި، މީގެ ކުރިން ގެންގުޅެފައިވާ ތަރައްޤީގެ ނުބައި ސިޔާސަތުތަކަކީވެސް މި މައްސަލަ ގޯސްވާން ދިމާވި ސަބަބުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މައްސަލަތަކަށް ފުރިހަމަ ޙައްލެއް ހޯދުމަށްޓަކައި، ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމާއި، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ އިތުރުން، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އަންހެނުން ބާރުވެރިކުރުވުމާއި، ތަޢުލީމީ އަދި ޞިއްޙީ ނިޒާމު ހަރުދަނާކުރުމަކީވެސް ކުށްކުރުމަށް މެދުވެރިވާ އަސްލު ސަބަބުތަކާ ގުޅިފައިވާ ކަންކަން ކަމަށެވެ. "ހަމައެކަނި ބޭރުފުށުން ކަމެއް ކޮށްލުމުގެ ބަދަލުގައި، ސަރުކާރުން މަސައްކަތް ކުރަނީ މި މައްސަލަތަކުގެ އަސްލަށް އަމާޒުކޮށްގެން ހަޤީޤީ ބަދަލެއް ގެނައުމަށް،" ރައީސް ވިދާޅުވިއެވެ.

ކުށްކުރާ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި އުތުރުތިލަފަޅުން ބިމެއް ކަނޑައަޅައި، އެންމެ ޒަމާނީ ފެންވަރުގެ މަރުކަޒެއް ބިނާކުރުމަށް ނިންމާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. މިއީ ބޮޑު ޚަރަދެއް ހިނގާނެ މަޝްރޫޢެއް ނަމަވެސް، މިކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް މިހާރު ދިރާސާކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުށުގެ މާހައުލުގައި އުޅޭ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ދާއިމީ ޙައްލެއް ހޯދައިދޭނަން: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންމި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް: ނާޖާއިޒު ނުފޫޒުތަކުން ބޯހިޔާވަހިކަން ހޯދުމަށް އޮތް މަގު ނިމުމަކަށް ރިޕޯޓް | 3 ގަޑިއިރު ކުރިން''ސަރުކާރުގެ ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން މަސައްކަތްކުރުން''ޚަބަރު | 3 ގަޑިއިރު ކުރިންރާއްޖޭގެ ފުރަތަމަ ޤައުމީ ގަރލް ގައިޑް ދުވަހުގެ ޖަލްސާ ރައީސްގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 20 ގަޑިއިރު ކުރިން