logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ފުރަތަމަ ޤައުމީ ގަރލް ގައިޑް ދުވަހުގެ ޖަލްސާ ރައީސްގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި

ޒިދާން މުޙައްމަދު
2 ޖުލައި 2026 - 17:45
ރާއްޖޭގެ ފުރަތަމަ ޤައުމީ ގަރލް ގައިޑް ދުވަހުގެ ޖަލްސާ ރައީސްގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި

10:45 PM

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ފާހަގަކުރި ގަރލް ގައިޑް ދުވަހުގެ ޚާއްސަ ޖަލްސާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފްވެރިކޮށްދެއްވައިފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ތަޢުލީމީ ދާއިރާގެ ވަޒީރުންނާއި ގަރލް ގައިޑް އެސޯސިއޭޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މާލޭގެ ސްކޫލްތަކުން ގައިޑުންނާއި، ލިޓިލް މެއިޑުން އަދި ޔަންގު ލީޑަރުންވެސް މި ޖަލްސާގައި ބައިވެރިވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރ އާއިޝަތު ނަޝީދާ ފާހަގަކުރެއްވި ގޮތުގައި، ގަރލް ގައިޑް ހަރަކާތަކީ އަންހެން ކުދިންގެ ޤާބިލުކަން އިތުރުކޮށް، ދިރިއުޅުމުގެ މުހިންމު ހުނަރުތައް ދަސްކޮށްދޭ މުހިންމު މަންސައެކެވެ. އޭނާ ވިދާޅުވީ މިއީ ހަމައެކަނި ފޮތުން ކިޔަވައިދޭ އެއްޗެއް ނޫން ކަމަށާއި، މި ހަރަކާތުގެ ތެރެއިން ތަމްރީނުވެފައިވާ ކަނބަލުން މިއަދު ދައުލަތުގެ މަތީ މަޤާމުތަކާއި އެކި ފަންނުތަކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި ޖަލްސާގެ ތެރެއިން ގައިޑުންގެ ހުވާ އައުކުރުމާއި، 47 ލީޑަރަކަށް ގައިޑަރސް ވޮރަންޓް ބެޖާއި ލިޔުން ހަވާލުކުރުން ކުރިއަށްދިޔައެވެ. އަދި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން 14 ފަރާތަކަށް ސަރވިސް އެވޯޑާއި، އެހީތެރިކަން ފޯރުކޮށްދިން 5 ފަރާތަކަށް ޚާއްސަ އެވޯޑު ދީފައިވެއެވެ. މީގެ އިތުރުން، އޭޝިއާ ޕެސިފިކް އެވޯޑް ލިބުނު 7 މެންބަރަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

މި ޖަލްސާގައި އެސޯސިއޭޝަންގެ އަހަރީ މަޖައްލާ އާއި "ކޮމިއުނިޓީ ސަރވިސް ޓޫލް ކިޓް" ރަސްމީކޮށް އިފްތިތާޙްކުރެވުނެވެ. މި ޓޫލް ކިޓް ނެރެދެއްވީ ޗީފް ގައިޑް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެ އާއި ސައުދީއާ ދެމެދު އޮތީ އިސްލާމީ ވަހުދަތާ ގުޅިލާމެހިފައިވާ ގުޅުމެއް: ރައީސްޚަބަރު | ގަޑިއިރެއް ކުރިންނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކުގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވާން ނިންމައިފިޚަބަރު | ދުވަހެއް ކުރިންއ.ދ ގެ ޤައުމުތަކަށް މާނަހުރި އިޞްލާޙުތައް ގެނައުމުގައި ރާއްޖެއިން ދެމިއޮންނާނެ: ރައީސްޚަބަރު | 2 ދުވަސް ކުރިންމުހައްމަދު އަލީގެ އާއިލާއަށް ރައީސްގެ ތައުޒިޔާޚަބަރު | 3 ދުވަސް ކުރިން