logo
Bank of Maldives

Bank of Maldives

ކުޅިވަރު

އާރިއަސްގެ ލަނޑާއެކު ކޮލަމްބިއާ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފި

އަބްދުﷲ ޣާނިމް
4 ޖުލައި 2026 - 03:58
އާރިއަސްގެ ލަނޑާއެކު ކޮލަމްބިއާ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފި

ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި ގާނާގެ މައްޗަށް 1-0 އިން ކުރިހޯދައި ކޮލަމްބިއާ މުބާރާތުގެ ގަދަ 16 ގެ ބުރުން ޖާގަ ހޯދައިފިއެވެ. އެމެރިކާގެ ކެންސަސް ސިޓީގައި ކުޅުނު މި މެޗުގައި ކޮލަމްބިއާ އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޯން އާރިއަސްއެވެ.

މެޗުގެ ކުރީކޮޅު ދެ ޓީމަށްވެސް އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހުނެވެ. އެގޮތުން ކޮލަމްބިއާގެ ޖޯން ކޯޑޯބާ އަދި ގާނާގެ މާވިން ސެނާޔާ ވަނީ މެޗުގެ ފުރަތަމަ 13 މިނެޓުގެ ތެރޭގައި އަނިޔާވެގެން ބަދަލުކޮށްފައެވެ. ނަމަވެސް މި ބަދަލުތަކާއެކުވެސް ކޮލަމްބިއާ އިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. އާރިއަސް މި ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިޔާ ލުއިސް ސުއަރޭޒް ނަގައިދިން ހުރަހަކުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުޅި މެޗުގައިވެސް ކޮލަމްބިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ލުއިސް ޑިއާޒް އާއި ޖޭމްސް ރޮޑްރިގޭޒް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ގާނާގެ ގޯލްކީޕަރު ލޯރެންސް އާޓީ ޒިގީ ވަނީ ކޮލަމްބިއާގެ ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ. މެޗުގެ ދެވަނަ ހާފުގައި ޑިއާޒް ޖެހި ލަނޑެއް އޮފްސައިޑްވުމުގެ ސަބަބުން ރެފްރީ ބަލައިގެންފައެއް ނުވެއެވެ.

މި މެޗުގައި ގާނާގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ބަލިކަށި ކުޅުމެކެވެ. މުޅި މެޗު ނިމުނުއިރުވެސް ގާނާ އަށް ކޮލަމްބިއާގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. މިއީ މި މުބާރާތުގައި ވާދަކުރާ 48 ޓީމުގެ ތެރެއިން ކުޅުނު ހުރިހާ މެޗެއްގައި ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާނުލެވި މެޗުގެ ހާފު ނިންމާލަން ޖެހުނު ހަމައެކަނި ޓީމެވެ.

މިއީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ކޮލަމްބިއާ އިން މުބާރާތުގެ ނޮކްއައުޓް ބުރުގައި ހޯދި ފުރަތަމަ މޮޅެވެ. އަދި އާރިއަސް ކާމިޔާބުކުރި މި ލަނޑަކީ ކޮލަމްބިއާގެ ވޯލްޑް ކަޕް ތާރީޚުގައި ފެނިގެންދިޔަ ދެވަނައަށް އެންމެ އަވަސް ލަނޑެވެ. ގަދަ 16 ގެ ބުރުގައި އަންގާރަ ދުވަހު ކޮލަމްބިއާ ނުކުންނާނީ ސްވިޒަލޭންޑާ ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާރިއަސްގެ ލަނޑާއެކު ކޮލަމްބިއާ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފިކުޅިވަރު | 2 ގަޑިއިރު ކުރިންކާބޯގެ ކުޅުންތެރިޔަކު ބައިކޮޅަށްޖެހި ގޯލާއެކު ވޯލްޑް ޗެންޕިއަން އާޖެންޓީނާ ބޮޑު ލަދަކުން ސަލާމަތްވެއްޖެކުޅިވަރު | 2 ގަޑިއިރު ކުރިންމިޞްރު ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގައި ގަދަ 16 އަށް ދަތުރުކޮށްފިކުޅިވަރު | 2 ގަޑިއިރު ކުރިންޕެނަލްޓީ ޖަހައިގެން ނެދަލޭންޑްސް ބަލިކޮށް މޮރޮކޯ އިން ކޯޓަރ ފައިނަލާ ގާތަށް ޖެހިލައިފިކުޅިވަރު | 4 ދުވަސް ކުރިން