logo
Bank of Maldives

Bank of Maldives

ޚަބަރު

ހިޔާ ފްލެޓްތަކުގައި ލިފްޓް އިތުރުކުރުމުގެ މަޝްރޫޢުއެއްކޮށް ނިންމާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
5 ޖުލައި 2026 - 08:32
ހިޔާ ފްލެޓްތަކުގައި ލިފްޓް އިތުރުކުރުމުގެ މަޝްރޫޢުއެއްކޮށް ނިންމާލައިފި

 

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫއު އެއްކޮށް ނިންމާލައި، އެ ލިފްޓުތައް މިރޭ އާންމުންނަށް ހުޅުވާލުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަސައްކަތް ނިންމާލުމަށްފަހު އައު ލިފްޓުތައް ރަސްމީކޮށް ހުޅުވައިދިނުމަށް ހަމަޖެހިފައިވަނީ މިރޭ އެކަމަށްޓަކައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައެވެ.

ހިޔާގެ ކޮންމެ ޓަވަރަކަށް އިތުރު ދެ ލިފްޓު ހަރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިޔާ ސަރަހައްދުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު ރިޔާސީ ވައުދުފުޅެކެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 16 ޓަވަރުގައި 32 ލިފްޓު ވަނީ އަލަށް ހަރުކޮށްފައެވެ. މީގެ ކުރިން ބައެއް ޓަވަރުތަކުގައި ތިން ލިފްޓު އަދި ބައެއް ޓަވަރުތަކުގައި ހަތަރު ލިފްޓު ހުރި ނަމަވެސް، އާބާދީ ބޮޑުވުމުގެ ސަބަބުން ލިފްޓުތަކަށް ބާރުބޮޑުވެ، އަރައި ފޭބުމުގައި ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި އަލަށް ހަރުކުރި މި ލިފްޓުތަކަކީ ޖާގަ ތަނަވަސް، ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ. މި ލިފްޓުތަކަކީ 21 މީހުންގެ ޖާގަ ހިމެނޭހެން ފަރުމާކޮށްފައިވާ ލިފްޓުތަކެކެވެ.

މީގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ އިންތިޒާމުތައް ވެސް މި ލިފްޓުތަކުގައި ވަނީ ގާއިމުކޮށްފައެވެ.

ކުރީގެ ޕީޕީއެމްގެ ވެރިކަމުގައި ބިނާކުރި ހިޔާ ފްލެޓްތަކުގައި ޖުމްލަ 6,720 ހައުސިން ޔުނިޓް ހިމެނޭއިރު، ކޮންމެ ޓަވަރެއްގައި ގާތްގަނޑަކަށް 2,000 އެއްހާ މީހުން ދިރިއުޅެއެވެ. މުޅި ހިޔާ ސަރަހައްދުގެ އާބާދީ ބައިލައްކައަށްވުރެ ގިނަވުމާއެކު، ލިފްޓު އިތުރުކުރުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ތަސައްލީއެއް ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.

މި މަޝްރޫއު ނިމި، އައު ލިފްޓުތައް ބޭނުންކުރަން ފެށުމުން، ލިފްޓުތަކަށް ކިއު ހެދުމާއި ވަގުތު ބޭކާރުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޔާ ފްލެޓްތަކުގައި ލިފްޓް އިތުރުކުރުމުގެ މަޝްރޫޢުއެއްކޮށް ނިންމާލައިފިޚަބަރު | 2 ގަޑިއިރު ކުރިންރާއްޖެ-އެމެރިކާ ގުޅުން ދެމެހެއްޓިފައި ވަނީ ސުލްޙައާއި ތަނަވަސްކަން ކުރިއެރުވުމަށް ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުން: ރައީސްޚަބަރު | 19 ގަޑިއިރު ކުރިންކުށުގެ މާހައުލުގައި އުޅޭ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ދާއިމީ ޙައްލެއް ހޯދައިދޭނަން: ރައީސްޚަބަރު | 2 ދުވަސް ކުރިންމި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް: ނާޖާއިޒު ނުފޫޒުތަކުން ބޯހިޔާވަހިކަން ހޯދުމަށް އޮތް މަގު ނިމުމަކަށް ރިޕޯޓް | 2 ދުވަސް ކުރިން