8 އަހަރަށްފަހު ހިންނަވަރުގެ އާ ފުޓްސަލް ދަނޑު ހުޅުވައި، "ގަނޑިޔަ ފުޓްސަލް ޗެލެންޖު" ފަށައިފި
5 ޖުލައި 2026 - 14:18

ޅ. ހިންނަވަރުގެ ކުރީގެ ފުޓްސަލް ދަނޑު ހަލާކުވިތާ 8 އަހަރު ފަހުން، ސަރުކާރުން އެ ރަށުގައި އަލަށް ތަރައްޤީކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ.
މި ދަނޑު ހުޅުވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

Ad by Hajj Corporation
މި ޒަމާނީ ފުޓްސަލް ދަނޑަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. އެ ކުންފުނިން މި ދަނޑުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ އަހަރެއްހާ ދުވަހުގެ ތެރޭގައެވެ.
އާ ފުޓްސަލް ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު، އެ ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ "ގަނޑިޔަ ފުޓްސަލް ޗެލެންޖު" ވަނީ ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މި މުބާރާތް ވެސް ފައްޓަވައިދެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މުބާރާތުގައި ގިނަ ޓީމުތަކެއް ވާދަ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކުރީގެ ދަނޑު ހަލާކުވުމުގެ ސަބަބުން ހިންނަވަރުގައި ފުޓްސަލް މުބާރާތެއް ނުބޭއްވި ގިނަ ދުވަސްތަކެއް ވެފައިވާއިރު، މިއީ 8 އަހަރަށްފަހު އެ ރަށުގައި ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ.
މި އާ ދަނޑާއެކު ހިންނަވަރުގެ ޒުވާނުންނަށާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ބޮޑު ދިރުމެއް ލިބިގެންދާނެ ކަމަށް އެ ރަށުގެ ރައްޔިތުން އުއްމީދު ކުރެއެވެ.


