logo
Bank of Maldives

Bank of Maldives

ޚަބަރު

ގޮލްފް ކުރިއެރުވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބޭނެ: ވަޒީރު ޢަބްދުﷲ ރާފިޢު

ގޮލްފް ކުރިއެރުވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބޭނެ: ވަޒީރު ޢަބްދުﷲ ރާފިޢު

ގޮލްފް ކުރިއެރުވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު ރާފިޢު މިހެން ވިދާޅުވީ މޯލްޑިވްސް ގޮލްފް އެސޯސިއޭޝަން (އެމްޖީއޭ)އިން އިސްނަގައިގެން ސްރީލަންގައި ކުރިއަށްގެންދިޔަ މޯލްޑިވްސް އޯޕަން 2025 ފެށުމުގެ ރަސްމިއްޔާތުގައެވެ. ސްރީލަންކާގެ ކެންޑީގެ ވިކްޓޯރިއާ ގޮލްފް ކުލަބުގައި ކުރިއަށްދިޔަ ގޮލްފް މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގައި އެމްޖީއޭގެ އިސްވެރިންގެ އިތުރުން ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގޮލްފް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ރާފިޢު ވަނީ މުޅިން އަލަށް ރާއްޖޭގައި ގޮލްފް ތަޢާރަފްކޮށް މުބާރާތެއް ބާއްވަވަން ނިންމެވުމުން އެމްޖީއޭގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދުނިޔޭގައި މަޝްހޫރު މި ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުބާރާތާއިއެކު ގިނަ ބަޔަކު މި ކުޅިވަރަށް ޝައުގުވެރިވެ ކުރިއަށްދާން ފުރުސަތު ހުޅުވިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

8 އަހަރަށްފަހު ހިންނަވަރުގެ އާ ފުޓްސަލް ދަނޑު ހުޅުވައި، "ގަނޑިޔަ ފުޓްސަލް ޗެލެންޖު" ފަށައިފިޚަބަރު | 3 ގަޑިއިރު ކުރިންގޮލްފް ކުރިއެރުވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބޭނެ: ވަޒީރު ޢަބްދުﷲ ރާފިޢުޚަބަރު | އަހަރެއް ކުރިން