logo
MPL

MPL

ޚަބަރު

ހާޑްވެއަރ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަން ކުރި ދެ މީހުން ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ޖުލައި 2026 - 12:13
ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަން ކުރި ދެ މީހުން، ފޮޓޯ: ޕޮލިސް
ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަން ކުރި ދެ މީހުން، ފޮޓޯ: ޕޮލިސް

 

މާލޭގެ ހިތަށްފިނިވާމަގުގައި ހުންނަ ހާޑްވެއަރ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި، އެ ފިހާރައިން ވައްކަންކުރި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ދިގުވާނޑު، ފެއަރީ، އަޙްމަދު ނަޞްރު (46އ) އާއި ށ. ޅައިމަގު، ހިތަށްފިނިވާގެ، ފާރިސް ޢަލީ ޝަރީފް (35އ) އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި ޖުލައި މަހުގެ 4 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. މި މައްސަލައިގެ ތަހުގީގަށް އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި ވައްކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ. މައްސަލަ ހުށަހެޅުމާއެކު ފުލުހުން ވަނީ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބަލައި، ވައްކަންކުރި މީހުން ދެނެގަތުމުގެ މަސައްކަތް ފަށާފައެވެ. ފުލުހުންގެ ހަރުދަނާ މަސައްކަތުން ތުހުމަތުކުރެވޭ މީހުން ދެނެގަނެ، އެމީހުން ވަނީ ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން، އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަގަށްނެގި ލޮއިނަރު ރޯލުތައްވެސް ފުލުހުން ވަނީ ހޯދާފައެވެ. ފުލުހުން ބުނީ ވަގަށްނެގި ތަކެތި މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސީޕީ އަހްމަދު މުހައްމަދު އެންޑީއެމްއޭގެ އިސްވެރިންނާ ބައްދަލުކުރައްވައިފިޚަބަރު | 12 ގަޑިއިރު ކުރިންފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް ހަމަޖައްސަވައިފިޚަބަރު | ދުވަހެއް ކުރިންބަނގުރަލުގެ ބޮޑު ވިޔަފާރިއެއް ހުއްޓުވައި ދެ ބިދޭސީއަކު ޑީޕޯޓްކުރަން ނިންމައިފިޚަބަރު | 2 ދުވަސް ކުރިންތަކުރާރުކޮށް ނުރައްކާތެރިކޮށް އުޅަނދުދުއްވާ ފަރާތްތަކުގެ ވަނަވަރު އާންމުކުރަނީޚަބަރު | 3 ދުވަސް ކުރިން