logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގައި އަހަރަކު 517,000 ޓަނުގެ ކުނި އުފެދޭ!

ޒިދާން މުޙައްމަދު
7 ޖުލައި 2026 - 13:29
ރާއްޖޭގައި އަހަރަކު 517,000 ޓަނުގެ ކުނި އުފެދޭ!

ދިވެހިރާއްޖޭގައި އަހަރެއްގެ ތެރޭގައި ގާތްގަނޑަކަށް 517،000 ޓަނުގެ ކުނި އުފެދޭ ކަމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ބުނެފިއެވެ.

މި މަޢުލޫމާތު ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވޭސްޓް މެނޭޖްމެންޓްގެ ޑިރެކްޓަރު ޖެނެރަލް މުރުތަލާ މުޙައްމަދެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުނި އުފެދޭ މިންވަރުގެ ތަފްސީލް

މުރުތަލާ ވިދާޅުވި ގޮތުގައި، ތަރައްޤީވެފައިވާ ސިޓީތަކުގައި ދިރިއުޅޭ ކޮންމެ މީހަކު ދުވާލަކު އެވްރެޖްކޮށް 1.4 ކިލޯގެ ކުނި އުފައްދައެވެ. އަދި އާދައިގެ ރަށްރަށުގައި މީހަކަށް ދުވާލަކު 800 ގްރާމް ކުނި އުފެދޭއިރު، ފަތުރުވެރިކަމުގެ ދާއިރާގައި މިއަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮންމެ ފަތުރުވެރިއަކު ދުވާލަކު 3.5 ކިލޯގެ ކުނި އުފައްދާއިރު، މިއީ އާންމު ރައްޔިތުން އުފައްދާ ކުނީގެ ތިންގުނަ ކަމަށް މުރުތަލާ ވިދާޅުވިއެވެ. މީގެއިތުރުން، ކުނި އުފެދޭ މިންވަރު އަހަރަކު 9 އިންސައްތަ އިތުރުވަމުންދާކަން ފާހަގަކުރައްވައި، މިއީ ރާއްޖޭގެ ނިސްބަތުން އަވަސް ހައްލެއް ބޭނުންވާ ކަންބޮޑުވާންޖެހޭ މައްސަލައެއްކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނީ އޮނިގަނޑާއި ހައްލުތައް

ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި މިހާރު ހާއްސަ ގާނޫނީ އޮނިގަނޑެއް އެކުލަވާލާފައިވާކަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މި އޮނިގަނޑުގެ ތެރޭގައި ކުނި މެނޭޖްކުރުމުގެ އާންމު ގަވާއިދާއި، ހިދުމަތް ދިނުމުގެ ގަވާއިދު ހިމެނެއެވެ.

މީގެ އިތުރުން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމާއި އެކްސްޓެންޑެޑް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީއާ ގުޅޭ މުހިންމު ގަވާއިދުތަކެއް ހިމެނޭ ކަމަށްވެސް ވޭސްޓް މެނޭޖްމެންޓްގެ ޑިރެކްޓަރު ޖެނެރަލް މުރުތަލާ މުޙައްމަދު ފާހަގަކުރެއްވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި އަހަރަކު 517,000 ޓަނުގެ ކުނި އުފެދޭ!ޚަބަރު | 2 ގަޑިއިރު ކުރިން