logo
MPL

MPL

ޚަބަރު

ކާރިސާތަކުން ރައްކާތެރިވުމުގެ ނިޒާމު ހަރުދަނާކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި

އައިޝަތު އިނާޝާ
10 ނޮވެމްބަރު 2026 - 08:01
ކާރިސާތަކުން ރައްކާތެރިވުމުގެ ނިޒާމު ހަރުދަނާކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ކާރިސާތަކަށް މުޖުތަމައު އަހުލުވެރިކުރުވުމަށާއި، ކުރިއާލައި އިންޒާރުދޭ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އާ ދެމެދު ފަހުމުނާމާއެއްގައި (އެމް.އޯ.ޔޫ) ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ "ޓްރެކްޓް" (ޓީ.އާރް.އޭ.ސީ.ޓީ) ޕްރޮޖެކްޓުގެ ދަށުން ކަނޑައެޅިފައިވާ މުހިންމު ހަރަކާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަންފީޒުކުރުމަށެވެ. މާލޭގައި ބޭއްވުނު މި ރަސްމިއްޔާތުގައި ދެ ފަރާތުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނިގޮތުގައި މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު މުޖުތަމައުގައި އިތުރުކުރުމާއި، ކާރިސާތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަށް އާންމުން ހޭލުންތެރިކުރުވުމެވެ. މީގެއިތުރުން، ރައްޔިތުންގެ ބައިވެރިވުމާއެކު އެކި ބާވަތުގެ ނުރައްކާތަކުން ރައްކާތެރިވުމަށް ކުރިއާލައި އިންޒާރުދޭ ނިޒާމުތައް (މަލްޓި-ހަޒާޑް އާލީ ވޯނިންގ ސިސްޓަމްސް) ރާއްޖޭގައި އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަކީވެސް މި އެއްބަސްވުމުގެ މުހިންމު ބޭނުމެކެވެ.

މި އެއްބަސްވުމުގެ ސަބަބުން، މޫސުމީ ބަދަލުތަކުގެ ސަބަބުންނާއި ގުދުރަތީ ގޮތުން ދިމާވާ އެކިއެކި ކާރިސާތަކުން ރައްކާތެރިވުމަށް ރަށްރަށުގެ ފެންވަރުގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ. އަދި ކުއްލި ހާލަތްތަކުގައި އަވަހަށް މައުލޫމާތު ފޯރުކޮށްދީ، މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް އެޅެންހުރި ފިޔަވަޅުތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މައުލޫމާތު ދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާރިސާތަކުން ރައްކާތެރިވުމުގެ ނިޒާމު ހަރުދަނާކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 25 މިނިޓު ކުރިންރާއްޖޭގައި އަހަރަކު 517,000 ޓަނުގެ ކުނި އުފެދޭ!ޚަބަރު | 4 މަސް ކުރިން