މިދިޔަ ހަފުތާގައި ހިމަބިހީގެ 55 ކޭސް
7 ޖުލައި 2026 - 16:13

ދިވެހިރާއްޖޭގައި ހިމަބިހި ޖެހިފައިވާ މީހުންގެ އަދަދު މިހާރު 121 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި އެކަނިވެސް އަލަށް 55 މީހަކަށް މި ބަލި ޖެހިފައިވެއެވެ.

Ad by Hajj Corporation
މިދިޔަ މެއި މަހު ފުރަތަމަ ކޭސް ފެނުނު ފަހުން، ބަލި ފެތުރުން ހުއްޓުވުމަށް އެޗްޕީއޭއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ބަލިޖެހުނު މީހުންނާ ދިމާވި މީހުން ދެނެގަތުމާއި، ބަލީގެ ނުރައްކާ އޮތް ފަރާތްތަކަށް ވެކްސިން ދިނުން ހިމެނެއެވެ. މިގޮތުން މިހާތަނަށް 5,495 މީހަކަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
ހުން އައުމާއި، ކެއްސުމާއި، ލޯ ރަތްވުމުގެ އިތުރުން ހަށިގަނޑުގައި ބިހިތަކެއް ނަގާނަމަ ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ. ބަލިޖެހިފައިވާ މީހަކާ ބައްދަލުވެފައިވާނަމަ އެކަން އެންގުމަކީ ބަލި ކޮންޓްރޯލް ކުރުމަށް މުހިއްމު ކަމެކެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ވެކްސިން ފުރިހަމަކޮށްފައިވާ ބަޔަކަށް ވުމުން، މިހާތަނަށް ބަލީގައި ހާލު ބޮޑުވި މީހަކު ނެތް ކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ.
މި ބަލިމަޑުކަމާ ގުޅިގެން އައިޖީއެމްއެޗް އާއި ހުޅުމާލެ ހޮސްޕިޓަލުގައި ޚާއްޞަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ބަލިމީހުން އެކަހެރިކޮށް ބޭތިއްބުމަށްޓަކައި ހުޅުމާލޭގައި އައިސޮލޭޝަން ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.


