logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެ ކައިރިއަށް ބިންހެލުމަށް؛ ސީދާ ނުރައްކަލެއް ނެތް!

ޒިދާން މުޙައްމަދު
8 ޖުލައި 2026 - 15:20
ފޯޅަވަހި، ފޮޓޯ: ދަ ގާޑިއަން
ފޯޅަވަހި، ފޮޓޯ: ދަ ގާޑިއަން

ފޯޅަވަހި ހިމެނޭ ސަރަޙައްދަށް ރިކްޓަރ މިންގަނޑުން 5.4 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބިންހެލުން ލޮޅުން އަރާފައިވަނީ މިއަދު އިރުއޮއްސި 18:01 ހާއިރުއެވެ. މި ހާދިސާ ހިނގާފައިވަނީ އައްޑޫ ސިޓީއާ ގާތްގަނޑަކަށް 933 ކިލޯމީޓަރު ދުރުމިނުގައިވާ ސަރަޙައްދަކަށް ކަމަށް އެ އިދާރާއިން ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، 5.4 މެގްނިޓިއުޑްގެ މި ބިންހެލުމުގެ ސަބަބުން ދިވެހިރާއްޖެއަށް އެއްވެސް ކަހަލަ ސީދާ ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ކަނޑާއި އެއްގަމުގެ ލޮޅުންތައް މެދުނުކެނޑި މޮނިޓަރ ކުރަމުންދާ ކަމަށާއި، ރާއްޖެއަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ލަސްކުރުމެއް ނެތި އެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން މޫސުމާ ބެހޭ އިދާރާއިން ވަނީ ދެއްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެ ކައިރިއަށް ބިންހެލުމަށް؛ ސީދާ ނުރައްކަލެއް ނެތް!ޚަބަރު | 2 ގަޑިއިރު ކުރިންރާއްޖެއަށް ބިންހެލުމެއް އަތުވެދާނެ ކަމަށް، މީޑިއާގައި ފަތުރަނީ ދޮގު ހަބަރެއް: މެޓްޚަބަރު | 3 ދުވަސް ކުރިންމޫސުން އާންމުގޮތެއްގައި ރަނގަޅު، ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ: މެޓްޚަބަރު | 5 ދުވަސް ކުރިންމޫސުން ގޯސްވާނެކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިޚަބަރު | މަހެއް ކުރިން