logo
MPL

MPL

ޚަބަރު

އިންޑޮނޭޝިއާއަށް އައި ބިންހެލުމުގެ އަސަރެއް ރާއްޖެއަށް ނުކުރާނެ: މެޓް

އައިޝަތު ނަޝާއައިޝަތު ނަޝާ
15 އޯގަސްޓު 2026 - 06:06
އިންޑޮނޭޝިއާއަށް އައި ބިންހެލުމުގެ އަސަރެއް ރާއްޖެއަށް ނުކުރާނެ: މެޓް

އިންޑޮނޭޝިއާގެ އެންޑެ ސަރަހައްދަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މި ހާދިސާއާ ގުޅިގެން އެ އިދާރާއިން ނެރުނު ބަޔާނުގައިވަނީ، އިންޑޮނޭޝިއާގެ ސަރަޙައްދަށް އައި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ. އެ އިދާރާއިން ބުނީ، ރޭ ދަންވަރު 2:58 ހާއިރު އިންޑޮނީސިއާގެ ސަރަޙައްދަށް ބިންހެލުން އައިސްފައިވަނީ، 7.6 މެގްނިޓިއުޓުގެ ބާރުމިނުގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޓް އޮފީހުން ބުނިގޮތުގައި ބިންހެލުން އައިސްފައިވާ ސަރަޙައްދަކީ މާލެއާއި 5482 ކިލޯމީޓަރު ދުރުގައި އޮތް ސަރަޙައްދެއް ކަމަށެވެ.

 

View post on Twitter


އިންޑޮނޭޝިއާ އަށް އޮގަސްޓު 15 ވަނަ ދުވަހުގެ ފަތިހުގެ ވަގުތުގައި އައި މި ބިންހެލުމުގައި 20 މީހުން ވަނީ މަރުވެފައެވެ.ބިންހެލުމާ ގުޅިގެން އެއް މީޓަރަށް ވުރެ ކުދި ސުނާމީއެއްގެ ރާޅުތައް އުފެދުނު ނަމަވެސް، ތިން ގަޑިއިރަށްފަހު ސުނާމީގެ އިންޒާރު ވަނީ އުވައިލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުން އަލިވާން ފަށާނީ އާދިއްތަ ދުވަހުން ފެށިގެން: މެޓްޚަބަރު | 10 ގަޑިއިރު ކުރިންމޫސުން: ވިއްސާރަ އަލިވާން ފަށާނީ އާދީއްތަ ދުވަހުން ފެށިގެންޚަބަރު | މަހެއް ކުރިންކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިޚަބަރު | މަހެއް ކުރިންކުރިއަށް އޮތް ތިން މަހު، ހޫނުމިން އާންމު މިންވަރަށް ވުރެ މަތިވާނެ: މެޓްޚަބަރު | 2 މަސް ކުރިން