logo
MPL

MPL

ޚަބަރު

ހުޅުމާލޭ ސަހަރާ އަށް 17،255 އަކަ ފޫޓްގެ ބިން އިތުރު ކޮށްފި

އަޙުމަދު ރިޝާން
11 ޖުލައި 2026 - 04:30
ހުޅުމާލޭ ސަހަރާ އަށް 17،255 އަކަ ފޫޓްގެ ބިން އިތުރު ކޮށްފި

ހުޅުމާލޭ ސަހަރާ އަށް 17،255 އަކަ ފޫޓްގެ ބިން އިތުރު ކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލް ބުނެފި އެވެ.

ސިޓީ ކައުންސިލުން ކުރަމުންދާ ސަހަރާތައް ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންތައްތަކުގެ ތެރެއިން ހުޅުމާލޭ ސަހަރާގެ އިތުރުން، މައްޗަންގޮޅި އައު ސަހަރާގައި ވެސް، އިތުރު މީހުން ވަޅުލެވޭނެ ގޮތަށް ޖާގަ ތަނަވަސްކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިޓީ ކައުންލިން ބުނީ ދީނީ އަދި އިޖުތިމާޢީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި އަހަރުތެރޭ މާލޭ ސަރަހައްދުގެ 45 މިސްކިތްތެއްގެ އާބާތުރަ ވެސް ފިލުވާފައިވާ ކަމަށެވެ. އޭގެތެރޭގައި ކަރަންޓުގެ މައްސަލަތައް ހައްލުކުރުމާއި، މިސްކިތްތަކުގައި ކުލަލުމާއި، ފާޚާނާތައް މަރާމާތުކުރުން ހިމެނެ އެވެ.. މީގެ އިތުރުން މިސްކިތްތަކުގެ ފެންވަރު ރަނގަޅުކުރުމާ ގުޅުންހުރި އެހެނިހެން ގިނަ މަސައްކަތްތަކެއް ވެސް، މި މުއްދަތުގެ ތެރޭގައި ކޮށްފައިވާ ކަމަށް އެކައުންސިލުން ބުނެ އެވެ.

މިސްކިތްތަކުގައި ހުރި ބާވެފައިވާ މުސްހަފްތަކާއި ދީނީ ލިޔުންތައް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ރައްކާތެރިކަމާއެކު ނައްތާލުމުގެ މަސައްކަތް ވެސް ކޮށްފައިވާ ކަމަށް އެކައުންސިލުން ބުނެ އެވެ. އަދި ކޮންމެ ހަމަހަކުން އެއްފަހަރު، ގޭބިސީތަކާއި އެކި މުއައްސަސާތަކުގައި ހުރި މިފަދަ ތަކެތި ކައުންސިލާ ހަވާލުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ސަހަރާގައި ވަޅުކޮނުމުން ފެން އަރާތީ، މީހުން ވަޅުލުން ވަގުތީ ގޮތުން މާލެ ސަހަރާއަށްޚަބަރު | 3 ގަޑިއިރު ކުރިންހުޅުމާލޭ ސަހަރާ އަށް 17،255 އަކަ ފޫޓްގެ ބިން އިތުރު ކޮށްފިޚަބަރު | 3 މަސް ކުރިންހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލައިފިޚަބަރު | 2 އަހަރު ކުރިން