ބޭންކް އޮފް މޯލްޑިވްސް 1.7 ބިލިޔަން ޑޮލަރު ވިއްކައިފި
12 ޖުލައި 2026 - 07:31

ވެއަތުވި ދެ އަހަރާބައިގެ ތެރޭގައި 1.7 ބިލިޔަން ޑޮލަރު ވިއްކައިފި ކަމަށް ގައުމީ ބޭންކް ބީއެމްއެލް އިން ބުނެފި އެވެ.
ބޭންކުން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބޭންކުން ވަނީ ޖުމްލަ 1.7 ބިލިޔަން ޑޮލަރު ވިއްކާފަ އެވެ. އެ ބޭންކުން ބުނީ މިއީ ރެކޯޑް އަދަދެއް ކަމަށެވެ. އަދި މިއީ އޭގެ ކުރީގެ މި މުއްދަތަށް ބަލާއިރު 77 އިންސައްތަ އިތުރުވުމެއް ކަމަށާއި އެ އހަރުތަކުގައި ވިއްކާފައި ވަނީ 957 މިލިޔަން ޑޮލަރު ކަމަށެވެ.

Ad by Hajj Corporation
ބޭންކުން ވިއްކި ފައިސާގެ ތެރޭގައި ތައުލީމާއި ބޭސްފަރުވާ އާއި ކާޑު މުއާމަލާތްތަކާއި، ޓެލްގްރެފިކް ޓްރާންސްފަރ (ޓީޓީ)، ދަތުރުވެރިންނަށް ވިއްކި ފައިސާ ހިމެނެ އެވެ. އަދި ބޭންކުގެ ދިވެހި ރުފިޔާގެ އެކައުންޓަކަށް ވެއަތުވި ދެއަހަރާބައިގެ ތެރޭގައި 870 މިލިޔަން ޑޮލަރު ވަނީ ވިއްކާފަ އެވެ. މިއީ ދެ ގުނަ އިތުރު އަދަދެއް ކަމަށާއި 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.7 މިލިޔަން ޑޮލަރު ވިއްކާފައިވާ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ. އަދި މިއަހަރު މި ބޭނުންތަކަށް 37.8 މިލިޔަން ޑޮލަރު އެވްރެޖްކޮށް މަހަކު ވިއްކާފައިވެ އެވެ.
ބޭންކުން ބުނީ ޓީޓީ ފޮނުވުމަށް ވިއްކާ ފައިސާގެ މިންވަރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.2 މިލިޔަން ޑޮލަރު ޓީޓީއަށް ވިއްކާފައިވާ ކަމަށާއި މިއަހަރު އެ އަދަދު ވަނީ މަހަކު 28 މިލިޔަން ޑޮލަރަށް އުފުލިފަ ކަމަށެވެ.
ފާއިތުވިވި 5 އަހަރުގެ ތެރޭގައި މަހެއްގެ މައްޗަށް ބޭރު ފައިސާ ވިއްކާ މިންވަރު ހަތަރު ގުނަ އިތުރުވެފައިވެ އެވރ. އެގޮތުން 2021 ވަނަ އަހަރު މަހަކު އެވްރެޖްކޮށް 21 މިލިޔަން ޑޮލަރު ވިއްކާފއިވާއިރު، 2026 ގެ ފުރަތަމަ ހަ މަސްދުވަހު މި އަދަދު ވަނީ މަހަކު 80 މިލިޔަން ޑޮލަރަށް އިތުރުވެފަ އެވެ.
ބޭރުގައި ކިޔަވާ ކުދިންނާއި ބޭސްފަރުވާ ހޯދާ ފަރާތްތަކަށް ބޭންކުން ވިއްކާ ފައިސާގެ މިންވަރު ވެސް އަހަރަކަށްވުރެ އަހަރަށް އިތުރުވެފައިވެ އެވެ. އެގޮތުން 2023 ވަނަ އަހަރު މަހަކު 2.9 މިލިޔަން ޑޮލަރު ވިއްކާފައިވާއިރު، މިއަހަރު އެވްރެޖްކޮށް މަހަކު 5.8 މިލިޔަން ޑޮލަރު މި ބޭނުމަށް ދޫކޮށްފައިވެ އެވެ. އަދި ނަގުދު ފައިސާގެ ގޮތުގައި ދަތުރުވެރިނަސް ވިއްކި ޑޮލަރުގެ މިންވަރުވެސް ވަނީ 70 އިންސައްތަ އިތުރުވެފަ އެވެ.
ބީއެމްއެލް އިން ބުނީ މި ތަފާސްހިސާބުތަކުން އެނގެނީ ރާއްޖޭގެ ބޭރު ފައިސާގެ ބޭނުންތައް ފުއްދައިދިނުމުގައި ބޭންކުން ބަހައްޓާ ސާބިތުކަން ކަމަށެވެ. އަދި ޑިމާންޑް އިތުރުވަމުންދާ މި ދަނޑިވަޅުގައިވެސް ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުން އަބަދުވެސް އިސްކަންދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.


