logo
ޚަބަރު

މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރެވޭނީ ގުޅިގެން މަސައްކަތްކޮށްގެން: ޣައްސާން

އާމިނަތު ޝަފާ
17 އޮކްޓޯބަރު 2024 - 06:22
މިނިސްޓަރ ޣައްސާން
މިނިސްޓަރ ޣައްސާން

މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަނެވޭނީ ގައުމުތަކުން ގުޅިގެން މަސައްކަތްކޮށްގެންކަމަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މެނީލާގައި ކުރިއަށް ގެންދާ ޑިޒާސްޓާރިސްކް ރިޑަކްޝަން އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވުމުން ވަޒީރު ވަނީ މިރޮނގުން ސަރުކާރުން ކުރަމުންދާ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

Hajj Corpooration
މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް އަދި އެކަން ހައްލުކުރުމަށް ސަރުކާރުން ގިނަ ކަންކަން އެބަކުރޭ. ކާރިސާގެ ނުރައްކާ ކުޑަކުރުމުގެ ގައުމީ އިސްތިރާޖީ ޕްލޭން 2024 އިން 2030 އަންނަ މަހު ތަސްދީގުކުރުމަށް ވަނި ހަމަޖެހިފައި.

އދ އިން ފަށާފައިވާ އާރލީ ވޯނިން ފޯ އޯލް އިނީޝިއޭޓިވްގައި ބައިވެރިވާ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަމަށާއި މި ކެމްޕޭންގެ މަގްޞަދުތައް ހާސިލުކުރުމަށް ގައުމީ ރޯޑްމެޕެއް އެކުލަވާލައި ފާސްކުރި ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެފަދަ ކުދި ގައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށް އެކަށީގެންވާ ފައިސާ ހޯދުމަކީ ގޮންޖެހުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތުރުކީން ހަދިޔާކުރި އަސްކަރީ މަނަވަރު ރާއްޖެއަށް ގެނެސްފިޚަބަރު | 5 ދުވަސް ކުރިންވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުން އިތުރު ސަރަޙައްދުތަކުގައި ފަށައިފި ޚަބަރު | މަހެއް ކުރިންހުއްދަ ނެތި ހިންގާ އެވިއޭޝަން ސެކިއުރިޓީ ކޯސްތަކުގެ ސެޓްފިކެޓް ބަލައި ނުގަންނާނެ: ދިފާއީ ވުޒާރާޚަބަރު | މަހެއް ކުރިންދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީން ޕްރޮގްރާމަށް 1244 ޒުވާނުން ކުރިމަތިލައިފި ޚަބަރު | މަހެއް ކުރިން