logo
ޚަބަރު

ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުން އިތުރު ސަރަޙައްދުތަކުގައި ފަށައިފި

އާމިނަތު ޝަފާ
17 ޖުލައި 2025 - 13:14
ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުން އިތުރު ސަރަޙައްދުތަކުގައި ފަށައިފި

ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަސައްކަތް އިތުރު ސަރަހައްދުތަކުގައި ފަށައިފިއެވެ.

ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމަކީ، ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ދިވެހިރާއްޖޭގައި މުޅިން އަލަށް ފައްޓަވާފައިވާ ޕްރޮގްރާމެކެވެ.

Hajj Corpooration

މޯލްޑިވްސް ނޭޝަނަލް ސަރވިސް ނުވަތަ ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުޙަލާ މިމަހުގެ 14 ވަނަ ދުަވަހު ވަނީ ކުޅުދުއްފުށި ސިޓީ، އދ. މަހިބަދޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައި ފަށާފައެވެ. އަދި މިހާރު ވަނީ މާލޭގައިވެސް މި ޕްރޮގްރާމަށް ބައިވެރިން ހޮވުމުގެ މަރުޙަލާ ފަށާފައެވެ.

މީގެ އިތުރުން މިހާރު މި މަރުޙަލާ ފަށާފައިވާ އިތުރު ސަރަޙައްދުތަކަކީ ށ. ފުނަދޫ، ނ. މަނަދޫ އަދި ތ.ވޭމަންޑޫއެވެ.

މި މަރުޙަލާގައި ބައިވެރިން އިންޓަރވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ފުރިހަމަކުރާނެއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް 350 ބައިވެރިން ހޮވުމަށް ހަމަޖެހިފައިވެއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ މަޤްޞަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުމާއި، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްޤީކުރުމާއި، ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުމާއި، ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ބައްޓަންކުރުން ހިމެނެއެވެ.

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތުރުކީން ހަދިޔާކުރި އަސްކަރީ މަނަވަރު ރާއްޖެއަށް ގެނެސްފިޚަބަރު | 5 ދުވަސް ކުރިންވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުން އިތުރު ސަރަޙައްދުތަކުގައި ފަށައިފި ޚަބަރު | މަހެއް ކުރިންހުއްދަ ނެތި ހިންގާ އެވިއޭޝަން ސެކިއުރިޓީ ކޯސްތަކުގެ ސެޓްފިކެޓް ބަލައި ނުގަންނާނެ: ދިފާއީ ވުޒާރާޚަބަރު | މަހެއް ކުރިންދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީން ޕްރޮގްރާމަށް 1244 ޒުވާނުން ކުރިމަތިލައިފި ޚަބަރު | މަހެއް ކުރިން