logo
Bank of Maldives

Bank of Maldives

ޚަބަރު

ތުރުކީން ހަދިޔާކުރި އަސްކަރީ މަނަވަރު ރާއްޖެއަށް ގެނެސްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
10 އޯގަސްޓު 2025 - 19:04
ތުރުކީން ހަދިޔާކުރި އަސްކަރީ މަނަވަރު ރާއްޖެއަށް ގެނެސްފި

ތުރުކީވިލާތުން ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް ހަދިޔާކުރި ޑޯގަން ކްލާހުގެ އަސްކަރީ މަނަވަރު ހޮނިހިރު ދުވަހު ރާއްޖެއަށް ގެނެސްފިއެވެ.

މި މަނަވަރު ބޭނުންކުރަން ފެށުމުގެ ކުރިން ޚާއްސަ ރަސްމިއްޔާތެއް ބާއްވަން ނިންމާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިފާއީ ވުޒާރާއިން 13 އޭޕްރިލް 2025 ގައި ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މަނަވަރަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑު ދެގުނަ ކުރައްވައި، ޤާބިލްކަން އިތުރުކުރެއްވުމުގެ ގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާޞިލްވުމަށްޓަކައި، ރަޙުމަތްތެރި ޤައުމުތަކާއެކު ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެކެވެ.

މި އުޅަނދު ސިފައިންގެ ޚިދުމަތަށް ނެރުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމެވެ. އަދި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ޤާބިލުކަން ދިވެހި ސިފައިންނަށް ލިބިގެންދާނެއެވެ.

މި އުޅަނދު އޮޕަރޭޓްކުރުމަށް ތައްޔާރުވުމުގެ ގޮތުން، ތުރުކީވިލާތުގައި ދިވެހި ސިފައިން ވަނީ ތަމްރީން ޕްރޮގްރާމްތަކެއް ފުރިހަމަކޮށްފައެވެ.

މިއީ ރައީސް މުއިއްޒުގެ ވެރިކަމުގައި ޤައުމީ ދިފާޢީ ބާރު ވަރުގަދަކުރުމަށް އެޅުނު އިތުރު ފިޔަވަޅެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ގިނަ ދުވަސްތަކެއް ނުވަނީސް ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާޙްކޮށް، ތުރުކީ ވިލާތުގެ ބޭރެކްޓަރ މޮޑެލްގެ އަންމޭންޑް ކޮމްބެޓް އޭރިއަލް ވެހިކަލްތައް ވެސް ވަނީ ސިފައިންގެ ޚިދުމަތަށް ތަޢާރަފްކުރައްވާފައެވެ. މިއީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްއަށް ކާމިޔާބު ހޯދައިދިނުމަށް ހުރިހާ ރަށެއް ފަތަހަކުރާނަން: އަބްދުއްރަހީމްޚަބަރު | 3 ގަޑިއިރު ކުރިންޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާ ކުރާ ތާރީހު ޖޫން 2031 އަށް ޚަބަރު | 5 ގަޑިއިރު ކުރިންޕްލާސްޓިކް ކުދި ފެންފުޅި އެތެރެކުރުން މަނާވާނީ 2030 ވަނަ އަހަރުގެ ޖޫން މަހުޚަބަރު | 5 ގަޑިއިރު ކުރިންޕީއެންސީ މެމްބަރުންގެ އަދަދު 80،000އަށް ވުރެ މައްޗަށްޚަބަރު | 20 ގަޑިއިރު ކުރިން