logo
MPL

MPL

ޚަބަރު

މަގުތައް ސާފުކުރަންފަށައި، ކުނިއަޅާ މީހުންގެ ފޮޓޯއާ ވީޑިއޯ ހިއްސާ ކުރުމަށް އެދިފި

އަޙުމަދު ރިޝާން
14 ޖުލައި 2026 - 05:22
މަގުތައް ސާފުކުރަންފަށައި، ކުނިއަޅާ މީހުންގެ ފޮޓޯއާ ވީޑިއޯ ހިއްސާ ކުރުމަށް އެދިފި

 މާލޭގެ މަގުތަކަށް އަޅާފައިހުރި ކުނިތައް ނެގުމުގެ މަސައްކަތް ފަށައިފި ކަމަށް ސިޓީކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީގެ އެކި ސަރަހައްދުތަކުގެ މަގުތަކަށް ނެރެފައި ހުރި ގާކުނޑިތަކާއި ކުނިތައް ނަގައި، މަގުތައް ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. ސިޓީ ކައުންސިލުން ބުނީ މިއީ މާލޭގެ މަގުތައް އަމާން އަދި ސާފުތާހިރު ތަނަކަށް ހެދުމަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަސައްކަތާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ބުނެފައި ވަނީ، މަގުތަކަށް ކުނި އަޅާ ފަރާތްތައް ފާހަގަކުރެވޭނަމަ އެކަން ކައުންސިލަށް ވީ އެންމެ އަވަހަކަށް އެންގުމަށް އެދޭ ކަމަށެވެ. އެ ގޮތުން، މަގުތަކަށް ކުނި އަޅާ މަންޒަރު ފެންނަ ފޮޓޯ ނުވަތަ ވީޑިއޯ، ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ހިއްސާކުރުމަށް ވެސް އެ ކައުންސިލުން އެދެ އެވެ.

މާލެ ސިޓީއަކީ، ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް ޓަކައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި މަގުތަކަށް ކުނި ނޭޅުމަށާއި، ކުނި އުކާލުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ކައުންސިލުން އިލްތިމާސްކުރެ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓަވަރުތަކުގައި ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަނީޚަބަރު | 3 ގަޑިއިރު ކުރިންމާލޭ ސިޓީކައުންސިލުން ރައްޔިތުންގެ ބައްދަލުވުންތަކަށް 1.1 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފިޚަބަރު | 15 ދުވަސް ކުރިންއުސް ޢިމާރާތްތަކަށް ފެން ލިބުމުގައި ދިމާވާ ޕްރެޝަރު މައްސަލަ އަށް ހައްލެއް ޚަބަރު | މަހެއް ކުރިންއުނދަގުވާ ގޮތަށް މާލޭގެ ކެފޭތަކުގައި ހުރި ދުންހޮޅިތަކުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަނީޚަބަރު | މަހެއް ކުރިން