logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީ އެތެރޭގެ އިންތިހާބުގައި ހިންގި މާރާމާރީއަކީ ބަޔަކު ކުޅުން ފޮޓޯ ގަނޑެއް: ސިއްދީގު

އަޙުމަދު ރިޝާން
15 ޖުލައި 2026 - 06:54
ޕީއެންސީ އެތެރޭގެ އިންތިހާބުގައި ހިންގި މާރާމާރީއަކީ ބަޔަކު ކުޅުން ފޮޓޯ ގަނޑެއް: ސިއްދީގު

ވެރިކަންކުރާ ޕާޓީ ޕީއެންސީގެ އެތެރޭގެ އިންތިހާބު ކުރިޔަށްދިޔައިރު ހިންގި މާރާމާރީ އަކީ ބަޔަކު ރާވައިން ކުޅުން ފޮޓޯ ގަނޑެއް ކަމަށް ހޯމްލޭންޑް ސެކިއުރިޓީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީގު ވިދާޅުވެއްޖެ އެވެ.

މެންދުރު ޓީވީގެ މައުލޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސިއްދީގު ވިދާޅުވީ މިއީ އެެހެން ޕާޓީތަކުގެ އިންތިހާބުގައި މިކަހަލަ އަމަލުތައް ހިންގާތީ، ޕީއެންސީއަކީ ވެސް އެފަދަ އަމަލުތައްކުރާ ޕާޓީއެއް ކަމަށް ދެއްކުމަށް ބަޔަކު ގަސްތުގައި ކުރިކަމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިއްދީގު ވިދާޅުވީ ޖުމްލަކޮށް ބަލާއިރު މި އިންތިހާބަކީ އެއްވެސް މައްސަލައެއް ނެތް އިންތިހާބެއް ކަމަށާއި އިންތިހާބުގެ ނަތީޖާއާ ބަދަލު އަންނާނެ ފަދަ އެއްވެސް ކަމެއް ހިނގާފައިނުވާ ކަމަށެވެ. މި މާރާމާރީ ހިނގާފައި ވަނީ ވޯޓްލުންކުރިޔަށްދިޔައިރު ނޫން ކަމަށް ވެސް ސިއްދީގު ވިދާޅުވި އެވެ.

ސިއްދީގު ވިދާޅުވީ ޕީއެންސީ އެތެރޭގައި އެފަދަ ނޭއްގާނީ އަމަލުތަކެއް ނުހިގާނެ ކަމަށެވެ. އަދި އެފަދަ އަމަލުތަކަށް އެޕާޓީން ފުރުސަތު ނުދޭނެ ކަމަށް ވެސް ސިއްދީގު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކަމުގައި ޝާމިލުވީ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބު ކުރިއަށްދަނިކޮށް ހުޅުމާލޭގައި ހިންގި މާރާމާރީގެ މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުން ވަނީ މީގެ ކުރިން ހައްޔަރުކޮށްފަ އެވެ. ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ކާމިލް ދީދީ ސްކޫލުގައި ވޯޓު ގުނަމުން ދަނިކޮށް ބަޔަކު ވަދެ ސްކޫލަށާއި ސްކޫލުގެ މުދަލަށް ގެއްލުންދީފައިވެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީ އެތެރޭގެ އިންތިހާބުގައި ހިންގި މާރާމާރީއަކީ ބަޔަކު ކުޅުން ފޮޓޯ ގަނޑެއް: ސިއްދީގުޚަބަރު | 2 ގަޑިއިރު ކުރިންތަރައްގީއަށް ހުރަސްއަޅަން އެމްޑީޕީ މެމްބަރުން ވިސްނުމަކީ ނިކަމެތިކަމެއް : ސިއްދީގުޚަބަރު | އަހަރެއް ކުރިން