logo
Bank of Maldives

Bank of Maldives

ޚަބަރު

ތަރައްގީއަށް ހުރަސްއަޅަން އެމްޑީޕީ މެމްބަރުން ވިސްނުމަކީ ނިކަމެތިކަމެއް : ސިއްދީގު

ސުދާ ލަތީފް
13 ފެބްރުއަރީ 2025 - 10:22
 ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ސިއްދީގު
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ސިއްދީގު

އެމްޑީޕީ އަކީ އެއްކޮޅުގަ އޮންނަ ސަރުކާރުގަ ތިއްބެވި ބޭފުޅުން ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް އިންކާރު ކުރަން އަންނަ ބައެއް ކަމަށް އެ ބޭފުޅުންނަށް ވިސްނިވަޑައިގަތުމަކީ އެއީ ނިކަމެތި ކަމެއް ކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.

ސިއްދީގު މިފަދައިން ވިދާޅުވީ މެންދުރު ޓީވީ ގެ މައުޟޫ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް އިންކާރު ކުރަން އަންނަ ބައެއް ކަމަށް އެމްޑީޕީ އިން ވިސްނިވަޑައިގަތުމަކީ ނިކަމެތިކަމެއް ކަމަށާއި އެއީ ސިޔާސީ ގޮތުން ތަސައްރަފު ނުފުދޭ ކަން ދަލީލު ކޮށްދޭ ކަމެއް ކަމުގައި ސިއްދީގު ވަނީ ވިދާލުވެފައެވެ.

މިގެ އިތުރުން ސިއްދީގު ވިދާޅުވީ ސިޔާސީ ޕާޓީ އަކުން ރައްޔިތުންނަށް ހިދުމަތެއް ލިބޭ ކަމަށް ވަންޔާ އެ ހިދުމަތަކަށް ރައްޔިތުން އިންކާރެއް ނުކުރާނެ ކަމަށެވެ.

ސިޔާސީ ގޮތުން ތަސައްރަފު ފުދޭ ޕާޓީއެއްގެ ތަސައްރަފު ފުދޭ ބައެއްގެ އިންތިހާބު ވެފަ ތިބިއްޔާ އެއްވެސް ޝައްކެއް ނެތް ރައްޔިތުންނަށް ހިދުމަތެއް ލިބޭ ކަމަށް ވަންޔާ އެ ހިދުމަތަކަށް އިންކާރެއް ނުކުރާނެ ، އެ ހިދުމަތް އެޔަށް ވުރެ ފުޅާކޮށް ލިބޭނޭ ގޮތްތަކެއް ހޯދުމަށްޓަކައި މަސައްކަތްކުރާނީ އެއީ އެއްކޮޅުގަ ތިބެ ވިޔަސް އިނދިކޮޅު މީހުން ވެސް އެމީހުން ކައިރިއަށް ގޮސްގެން ، ވާހަކަ ދައްކައިގެން ، އެ ދޭންއުޅޭ ހިދުމަތެއް އެއަށްވުރެ ފުޅާކޮށް، ފުޅާ ދާއިރާއެއްގައި ދެވޭތޯ ބަލަން -

މީގެ އިތިރުން ސިއްދީގު ވިދާޅުވީ ޕާޓީ ތައް އުފެދެނީ ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި ކަމަށެވެ.

ފާޓީ ތައް މި އުފެދެނީ ވެސް ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި،އެއް ޕާޓީ ވެރިކަމުގަ އޮންނަ އިރުގަ އަނެއް ޕާޓީ އޮންނާނީ އިދިކޮޅުގަ، އިދިކޯޅު ޕާޓީ ވެރިކަމަށް އައިމަ ވެރިކަމުގަ އޮތަ ޕާޓީ ވާނީ އިދިކޮޅޫ ޕާޓީ އަށް.

ފަހަކަށް އައިސް ސަރުކާރުގެ ފަރާތުން ރަށްރަށުގެ ތަރައްގީއަށް ކުރިއަށް ގެންދާ މަސައްކަތްތަކަށް ހުރަސް އެޅުމަށް އެމްޑީޕީއަށް ނިސްބަތްވާ ބައެއް ކައުންސިލް މެމްބަރުން މަސައްކަތްކުރާކަމަށް ބުނެ ފާޑުކިޔުންވަނީ ކުރިމަތިވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީ އެތެރޭގެ އިންތިހާބުގައި ހިންގި މާރާމާރީއަކީ ބަޔަކު ކުޅުން ފޮޓޯ ގަނޑެއް: ސިއްދީގުޚަބަރު | 3 ގަޑިއިރު ކުރިންތަރައްގީއަށް ހުރަސްއަޅަން އެމްޑީޕީ މެމްބަރުން ވިސްނުމަކީ ނިކަމެތިކަމެއް : ސިއްދީގުޚަބަރު | އަހަރެއް ކުރިން