ރާއްޖެއަށް އެތެރެކުރި 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
.jpg&w=3840&q=75)
ކަސްޓަމްސް ބިލްޑިންގ. ފޮޓޯ/ ރާއްޖެ އެމްވީ
.jpg&w=3840&q=75)
27 އޯގަސްޓު 2024 - 11:54
ރާއްޖެއަށް އެތެރެކުރި 11 ކިލޯއަށްވުރެ ގިނ ައަދަދެއްގެ މަސްތުވާތަކެތި އަތުލަަިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ، މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލަކާއި ވައިގެމަގުން ރާއްޖެ ގެނެސްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން މިމަހުގެ 14 ވަނަ ދުވަހު އެތަކެތި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބާވަތްތަކެއް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. ޕެކޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށާއި، ފުރަތަމަ މަރުހަލާގައި މި ތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން އަށް ވަނީ ފައްސިވެފައެވެ.
މިތަކެތީ އަގު 9 މިލިއަނަށްވުރެ ގިނަ ރުފިޔާ އަރާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
މީގެ އިތުރުން، އޮގަސްޓް 19 ވަނަ ދުވަހު ވައިގެމަގުން ރާއްޖެ ގެނެސްފައިވާ ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވިގެން، ފުރަތަމަ މަރުހަލާގައި މިތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަދި ކެނެބިސްއަށް ވަނީ ފައްސިވެފައެވެ. މިތަކެތީގެ މަގުމަތީ އަގަކީ 8,900,000.00 (އަށް މިލިއަން ނުވަލައްކަ) ދިވެހި ރުފިޔާކަމަށް ލަފާކުރެވެއެވެ.
މިމައްސަލަތަކުން އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 11.62 ކިލޯގްރާމް ހުރި ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދީފައިވެއެވެ.
އިތުރު ލިޔުންތައް

މުދާ ދޫކުރުމާއި ކްލިއަރެންސްގެ ޙިދުމަތް މިއަދު ލިބޭނެ: ކަސްޓަމްސް
7 މަސް ކުރިން
މިދިޔަ އަހަރު 16،000އަށްވުރެ ގިނަ އުޅަނދު ރާއްޖެ އެތެރެކުރި
5 މަސް ކުރިން