ޚަބަރު
އަބްދުﷲ ޖަޒްލާން.jpg&w=3840&q=75)



މުދާ ދޫކުރުމާއި ކްލިއަރެންސްގެ ޙިދުމަތް މިއަދު ލިބޭނެ: ކަސްޓަމްސް

ކަސްޓަމްސް އޮތޯރިޓީ

05 ސެޕްޓެމްބަރު 2024 - 05:34
މުދާ ދޫކުރުމާއި ކްލިއަރެންސްގެ ޙިދުމަތް މިއަދު ލިބޭނެކަމަށް ކަސްޓަމްސް އިން ހާމަކޮށްފިއެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި މިހަފްތާގެ ބުދަ އަދި ބުރާސްފަތި ދުވަހަކީސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވީނަމަވެސް ކަސްޓަމްސް އިން ދެމުން އަންނަ ޙިދުމަތްތައް ލިބޭނެކަަމަށް އެއިދާރާއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ގާއިމް ކޮށްފައި ހުރި ކަސްޓަމްސްގެ އޮފީހުން މުދަލުގެ ލިޔެކިޔުންތައް ނިންމުމާއި މުދާ ދޫކުރުން ކުރިއަށް ދާނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ،
އަދި އުޅަނދު ފަހަރަށް ކްލިއަރެންސް ދިނުމާއި ބޮންޑެޑް ވެއަރހައުސްތަކާ ގުޅުން ހުރި ޙިދުމަތްތައް ވެސް ކަސްޓަމްސް އިން ފޯރުކޮށްދޭނެ ކަމަށް އެ އިދާރާއިން ވަނީ އަންގާފައެވެ.
އިތުރު ލިޔުންތައް
.jpg&w=3840&q=75)
ރާއްޖެއަށް އެތެރެކުރި 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
7 މަސް ކުރިން
މިދިޔަ އަހަރު 16،000އަށްވުރެ ގިނަ އުޅަނދު ރާއްޖެ އެތެރެކުރި
5 މަސް ކުރިން