logo
Bank of Maldives

Bank of Maldives

ޚަބަރު

މެކްސިކޯއަށް އައި ބާރުގަދަ ބިންހެލުމާއެކު ސުނާމީގެ އިންޒާރު ނެރެފި: ރާއްޖެއަށް ނުރައްކަލެއް ނެތް

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ޖުލައި 2026 - 17:23
ބިންހެލުމާއެކު މެކްސިކޯގެ ބަޔަކު އިމާރާތުން ބޭރުގައި މަޑުކޮށްގެން، ފޮޓޯ: ރޮއިޓާސް
ބިންހެލުމާއެކު މެކްސިކޯގެ ބަޔަކު އިމާރާތުން ބޭރުގައި މަޑުކޮށްގެން، ފޮޓޯ: ރޮއިޓާސް

މެކްސިކޯގެ ޗިއަޕަސް އައްސޭރިފަށަށް ރިކްޓަރ މިންގަނޑުން 7.3 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުމާ ގުޅިގެން ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފައިވަނީ، މި ބިންހެލުމުގެ ސަބަބުން ދިވެހިރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫ.އެސް.ޖީ.އެސް) އިން މައުލޫމާތުދޭ ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ހުކުރު ދުވަހުގެ ހެނދުނު އެ ގައުމުގެ ގަޑިން 08:49 ގައެވެ. މި ބިންހެލުން އުފެދިފައިވަނީ ބިމުގެ 15.2 ކިލޯމީޓަރު އަޑިން، މެކްސިކޯގެ މަސްވެރި ރަށެއް ކަމަށްވާ ޕުއެރްޓޯ މާޑެރޯ ކައިރިންނެވެ.

މި ބިންހެލުމާ ގުޅިގެން ޕެސިފިކް ކަނޑުގެ ބައެއް ސަރަހައްދުތަކަށް ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ. އެމެރިކާގެ ސުނާމީ ވޯނިންގ ސިސްޓަމުން ބުނެފައިވަނީ، މެކްސިކޯ އާއި ގުއަޓެމާލާގެ އައްސޭރިފަށަށް 0.3 މީޓަރާއި 1 މީޓަރާ ދެމެދުގެ އުސްމިނެއްގެ ރާޅު އެރުން އެކަށީގެންވާ ކަމަށެވެ. މީގެ އިތުރުން އެލްސަލްވަޑޯރު، ކޮލަމްބިއާ، ކޮސްޓަރީކާ، އެކުއެޑޯ، ނިކަރާގުއާ، ޕެނަމާ، ޕެރޫ އަދި ހޮންޑިއުރަސްގެ އައްސޭރިފަށަށް ވެސް ކުދި ރާޅު އެރުން އެކަށީގެންވާ ކަމަށް ލަފާކޮށްފައިވެއެވެ.

މެކްސިކޯގެ ނޭވީ ސެކްރެޓަރީ އެޑްމިރަލް ރޭމުންޑޯ މޮރާލެސް ވިދާޅުވީ، މިހާތަނަށް ބޮޑު ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގޮނޑުދޮށްތަކާ ދުރުގައި ތިބުމަށް އާންމުންނަށް ވަނީ އިރުޝާދު ދީފައެވެ.

މި ބިންހެލުމުގެ އަސަރު ގުއަޓެމާލާ އަދި އެލްސަލްވަޑޯރަށް ވެސް ކޮށްފައިވާއިރު، ބައެއް އިމާރާތްތަކަށް ލޮޅުން އަރައިގެން މީހުން ވަނީ މަގުމައްޗަށް ނިކުމެފައެވެ. ގުއަޓެމާލާގެ ރައީސް ބަނާޑޯ އަރޭވަލޯ ވިދާޅުވީ، ކާރިސާތަކާ ބެހޭ އިދާރާތައް މިހާރު ހަރަކާތްތެރިވަމުންދާ ކަމަށާއި، އާންމުން ހަމަޖެހިގެން ތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި ބާރުގަދަ ބިންހެލުމަށްފަހު، ރިކްޓަރ މިންގަނޑުން 4.7 އާއި 6 އާ ދެމެދުގެ ބާރުމިނުގައި ގިނަ އަދަދެއްގެ އާފްޓަރޝޮކްތައް ވެސް އަންނަނީ ރެކޯޑު ކުރެވެމުންނެވެ. ކަމާބެހޭ އިދާރާތަކުން ދަނީ ހާލަތު މޮނިޓަރ ކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެކްސިކޯއަށް އައި ބާރުގަދަ ބިންހެލުމާއެކު ސުނާމީގެ އިންޒާރު: ރާއްޖެއަށް ނުރައްކަލެއް ނެތްޚަބަރު | ގަޑިއިރެއް ކުރިންބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ؛ ކަނޑުތައް ގަދަވާނެ: މެޓްޚަބަރު | 7 ދުވަސް ކުރިންރާއްޖެ ކައިރިއަށް ބިންހެލުމަށް؛ ސީދާ ނުރައްކަލެއް ނެތް!ޚަބަރު | 9 ދުވަސް ކުރިންރާއްޖެއަށް ބިންހެލުމެއް އަތުވެދާނެ ކަމަށް، މީޑިއާގައި ފަތުރަނީ ދޮގު ހަބަރެއް: މެޓްޚަބަރު | 12 ދުވަސް ކުރިން