logo
Bank of Maldives

Bank of Maldives

ޚަބަރު

އުނދަގުވާ ގޮތަށް މާލޭގެ ކެފޭތަކުގައި ހުރި ދުންހޮޅިތަކުގެ މައްސަލަ އަށް ދާއީމީ ހައްލެއް ހޯދަނީ

އަޙުމަދު ރިޝާން
18 ޖުލައި 2026 - 04:50
މިސްކިތައް ދުމުގެ އަސަރު ކުރާތީ ބަންދުކުރީ ކެފޭ.-- ފޮޓޯ/ ސިޓީކައުންސިލް
މިސްކިތައް ދުމުގެ އަސަރު ކުރާތީ ބަންދުކުރީ ކެފޭ.-- ފޮޓޯ/ ސިޓީކައުންސިލް

ޢާންމުންނަށް އުނދަގޫވާ ގޮތަށް މާލޭގެ ކެފޭ ރެސްޓޯރަންޓްތަކުގައި، ހަރުކޮށްފައި ހުރި ދުންހޮޅިތަކުގެ މައްސަލަ ދިރާސާކޮށް، އެ ކަމަށް، ދާއިމީ ހައްލެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މަލޭ ސިޓީ ކައުންސިލުން ބުނީ މިކަމާ ގުޅިގެން ކައުންސިލުގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ފަހު ކައުންސިލުންގެ އާބަން ޕްލޭނިންގް ކޮމެޓީ އަށް މިމައްސަލަ އިތުރަށް ދިރާސާ ކުރުމަށް ފޮނުވާފައިވާ ކަމަށެވެ. މަލޭ ސިޓީ ކައުންސިލުން ބުނީ މާލޭގެ ލޭންޑްސްކޭޕް އަލުން ފަރުމާކޮށް ތަރުތީބު ކުރަމުންދާއިރު، މިއީ ކޮންމެހެން މަޝްވަރާކޮށް ގޮތްތަކެއް ނިންމަންޖެހިފައިވާ މުހިންމު ކަމެއް  މައްސަލައެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކެފޭތަކުން ބޭރުވާ ދުމުގެ ސަބަބުން މަގު ހިނގާބިނގާވެ އުޅޭ މީހުންނަށާއި، ކައިރީގައި ދިރިއުޅޭ ޢާންމުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމަށްް ވެސް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ. މާލޭގެ ގިނަ ސަރަހައްދުތަކެއްގައި ހިންގާ ކެފޭ ރެސްޓޯރަންޓްތަކުގެ ދުންހޮޅިތައް ހުންނަނީ، މަގުމައްޗަށް ދުން ބޭރުވާ ގޮތަށް ނުވަތަ މީހުން ދިރިއުޅޭ އިމާރާތްތަކުގެ ކުޑަދޮރުތަކާ ދިމާއަށް ކަމަށްވާތީ، ޢާންމުންގެ މި ކަމުގެ ޝަކުވާ ބޮޑުވާ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ ކުދީނާ ގޯޅީގައި ހުންނަ ބްރިސްޓްރޯ ކެފޭގެ ދުންހޮޅިން ޒިކުރާ މިސްކިތަށް ހުކުރު ދުވަހު ދުމުގެ އަސަރުކުރާތީ ބަންދުކޮށްފަ އެވެ. ސިޓީ ކައުންސިލުން ބުނީ އެ ކެފޭ ބަނދުކުރަން ޖެހުނީ ތަކުރާރުކޮށް އެ ކެފޭގެ ދުންހޮޅިން މިސްކިތަށް ދުމާއި ވަސް ވަންނާތީ އެ ދުންހޮޅި ރަނގަޅުކުރުމަށް ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުން ނަސޭހަތް ދިނުމުން ވެސް ރަނގަޅު ނުކުރުމުން ކަމަށެވެ. ސިޓީ ކައުންސިލުންބުނީ ހުކުރު ނަމާދަށްދިޔަ މީހުންނަށް އުނދަގޫވާ ވަރަށް ކައްކާ ވަހާއި ދުމުގެ އަސަރު ކޮށްފައިވާ ކަމަށާއި ސިޓީ ކައުންސިލް މުވައްޒަފުން ކެފޭއަށް ވަނުމުން އެތަނުގައި ހިދުމަތް ހޯދަން ތިބި ބިދޭސީންނާއި ކައްކަން ތިބި ބިދޭސީންގެ ތެރެއިން ގިނަ މީހުން އެތަނުން ފިލާފައިވާ ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުނދަގުވާ ގޮތަށް މާލޭގެ ކެފޭތަކުގައި ހުރި ދުންހޮޅިތަކުގެ މައްސަލަ އަށް ދާއީމީ ހައްލެއް ހޯދަނީޚަބަރު | 2 ގަޑިއިރު ކުރިންމަގުތައް ސާފުކުރަންފަށައި، ކުނިއަޅާ މީހުންގެ ފޮޓޯއާ ވީޑިއޯ ހިއްސާ ކުރުމަށް އެދިފިޚަބަރު | 4 ދުވަސް ކުރިންމާލޭގެ ކައުންސިލަރުން ހުވާކުރުން ސޯޝަލް ސެންޓަރުގައިޚަބަރު | 2 މަސް ކުރިންމާލެ އާއި ވިލިމާލޭގައި އާއްމުކޮށް ފެންނާނެ ގޮތަށް ގޭގެ ނަންބޯޑު ހަރުކުރަން އަންގައިފިޚަބަރު | 9 މަސް ކުރިން