ނުވަމަސްތެރޭ ނިންމާ ތިމަރަފުށީ ފުޓްސަލް ދަނޑު ހުޅުވައިފި
19 ޖުލައި 2026 - 05:57

ތ. އަތޮޅު ތިމަރަފުށީ ދަނޑުގެ މަސައްކަތް ނުވަ މަސް ދުވަސްތެރޭ ނިންމާ ހުޅުވައިފި އެވެ.
މި ދަނޑު ރަސްމީކޮށް ހުޅުވާ ދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އެވެ.

Ad by Hajj Corporation
މި ދަނޑުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަޅުއްވައި ދެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ތިމަރަފުއްޓަށް ކުރެއްވި ދަތުރުފުޅުގަ އެވެ. ތިމަރަފުށީ ދަނޑުގެ މަސައްކަތް ކޮށްފައި ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެންނެވެ.
ފުޓްސަލް ދަނޑު ހުޅުވުމަށް ތިމަރަފުށީގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، ޒުވާނުން ކުރިއަށްދާން ފުރުސަތު ބަންދުވެފައި އޮތް ކޮންމެ ދޮރެއް ހުޅުވައިދީ މަގުތައް ދައްކައިދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ. އެގޮތުން މި މަސައްކަތްވެސް ކޮންޓްރެކްޓްގައިވާގޮތަށް ނިންމާލާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ސަރުކާރުން ދަނީ އަބަދުވެސް ރައްޔިތުން ބޭނުންވާ ކަންކަން އެރަށަކަށް ކޮށްދެމުން ކަމަށާއި ކުރިއަށް އޮތްތަނުގައިވ ެސް ކަންކަން ހިނގަމުންދާނީ އެމަގުން ކަމަށެވެ.
ފުޓްސަލް ދަނޑު ހުޅުވުމަށް ބޭއްވި މި ރަސްމިއްޔާތުގައި ކުޅިވަރު ވުޒާރާގެ އިސްވެރިންނާއި ތިމަރަފުށީގެ އެކި އުމުރުފުރާގެ ގިނަ ބަޔަކު ބައިވެރިވެފައިވެ އެވެ.


