ތިމަރަފުށިން ހައްޔަރު ކުރި މީހުންގެ ބަންދު މުއްދަތު ޖަހައިފި
އަޙްމަދު ޒަލީފް
29 ޑިސެމްބަރު 2024 - 16:38

ތ. ތިމަރަފުށީގެ ގެއަކަށް ވަދެ މާރާމާރީއެއް ހިންގި މައްސަލާގައި ހައްޔަރުކުރި 5 މީހުން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރައްވައިފިއެވެ.
ހައްޔަރު ކުރި މީހުން:

Ad by Hajj Corporation
އަހުމަދު އަމީން (36އ)
އަހްމަދު ޝަހުދީ ( 38އ)
ޢާޞް އިބްރާހިމް (32އ)
ޢަބްދުﷲ އަޝްރަފް (39އ)
މުހަންމަދު ރައޫފު (54އ)
މި ފަސް މީހުންވެސް ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ވިދާޅުވީ މި މީހުންގެ ތެރެއިން ޢަބްދުﷲ އަޝްރަފާއި ޢާޞް އިބްރާހިމާއި މުހަންމަދު ރައޫފުގެ ބަންދަށް ކޯޓުން 10 ދުވަސް އިތުރުކޮށް ދެއްވާފައިވާކަމަށެވެ. އަދި މި މައްސަލާގައި ހައްޔަރުކުރި މުހައްމަދު އަމީން 7 ދުވަހަށް، އަދި އަހުމަދު ޝަހުދީގެ ބަންދަށް 5 ދުވަސް ކޯޓުން އިތުރުކޮށް ދެއްވާފައިވާކަމަށެވެ.


