logo
Bank of Maldives

Bank of Maldives

ޚަބަރު

ދަތުރުފަތުރުގެ އިންފްލޭޝަން 9.3 އިންސައްތަ އަށް އަރައިފި

އަޙުމަދު ރިޝާން
19 ޖުލައި 2026 - 08:00
ދަތުރުފަތުރުގެ އިންފްލޭޝަން 9.3 އިންސައްތަ އަށް އަރައިފި

ދިވެހި ރާއްޖޭގެ ޓްރާންސްޕޯޓް އިންފްލޭޝަން މެއި މަހު 9.3 ޕަސެންޓަށް އަރައިފި އެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ދަތުރުފަތުރުގެ އިންފްލޭޝައް މައްޗަށް އަރާފައި ވަނީ ވައިގެ ދަތުރުފަތުރުގެ އަގު އުފުލުމާ ގުޅިގެންނެވެ. އެގޮތުން މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ފްލައިޓްތަކުގެ ޓިކެޓުގެ އަގުތައް 5.6 އިންސައްތަ އަށް އުފުލިފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއީ އޭޕްރީލް މަހަ އަޅާބަލާއިރު، 1.12 އިންސައްތައިގެ އިތުރުވުމެކެވެ. އޭޕްރީލް މަހު ދަތުރުފަތުރުގެ އިންފްލެޝަން ހުރީ 8.2 އިންސައްތައިގަ އެވެ. އަދި މިއަހަރުގެ މާޗު މަހު ދަތުރުފަތުރުގެ އިންފްލެޝަން ހުރީ ހަ އިންސައްތައިގަ އެވެ.

ތަފާސްހިސާބަށް ބަލާއިރު މިދިޔަ އަހަރު ދަތުރުފަތުރެ އަގު ވަނީ ސެޕްޓެމްބަރު މަހުން ފެށިގެން ދަށަށް ގޮސްފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހު ދަތުރުފަތުރުގެ އިންފްލެޝަން ހުރީ 0.6 އިންސައްތައިގަ އެވެ. މިދިޔަ އަހަރާއި މިއަހަރާ އަޅާ ބާލާއިރު މިއީ ނިސްބަތުން 1500 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ  އަހަރު ނިމުނު އިރު ދަތުރުފަތުރު ބައިގެ އިންފްލޭޝަން ހުރީ 0.7 އިންސައްތައިގަ އެވެ.

ދަތުރުފަތުރުގެ އަގު ބޮޑުތަނުން އުފުލެން ފަށާއިފައި ވަނީ މިއަހަރުގެ ފެބްރީއަރީ މަހުން ފެށިގެންނެވެ. މި އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު މިބައިގެ އިންފްލޭޝަންހުރީ 1.3 އިންސައްތައިގަ އެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ކަނޑު ދަތުރުގެ އިންފްޝަން އޭޕްރީލް މަހަށް ވުރެ މެއި މަހު ބޮޑުވެފައި ވަނީ 1.08 އިންސައްތަ އެވެ. އަދި ވަކިވަކިން ބާލަނަމަ ވައިގެ ދަތުރުފަތުރުގެ ބައި 17.75 އިންސައްތަ އޭޕްރީލް މަހަށް ވުރެ މެއި މަހު އުފުލިފައިވެ އެވެ.

ހުރިހާ ބައެއް އެކުގައި މުޅި ރާއްޖޭގެ އިންފްލޭޝަން މިއަހަރުގެ އޭޕްރީލް މަހަށް ވުރެ މެއި މަހު އުފުލިފައި ވަނީ 0.20 އިންސައްތަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މެއި މަހާ އަޅާ ބަލާއިރު، 2.54 އިންސައްތަ އުފުލިފައިވެ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަތުރުފަތުރުގެ އިންފްލޭޝަން 9.3 އިންސައްތަ އަށް އަރައިފިޚަބަރު | 9 ގަޑިއިރު ކުރިން