logo
MPL

MPL

ޚަބަރު

ކާބޯތަކެތީގެ އިންފްލޭޝަން 5.6 އިންސައްތަ ދަށްވެއްޖެ

އަޙުމަދު ރިޝާން
23 އޮކްޓޯބަރު 2026 - 04:22
ކާބޯތަކެތީގެ އިންފްލޭޝަން 5.6 އިންސައްތަ ދަށްވެއްޖެ

 މާލެއާއި އަތޮޅުތެރޭގައި ކާބޯތަކެތީގެ އިންފްލޭޝަން ދަށްވެ، 5.6 އިންސައްތައިގައި ހުރި ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުން ދައްކާ ގޮތުން މިދިޔަ ދެތިން މަހު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް ކާބޯތަކެތީގެ އިންފްލޭޝަން ދަށްވެފަ އެވެ. މިއަހަރު ފެށުނުއިރު ކާބޯތަކެތީގެ އިންފްލޭޝަން ހުރީ 1.2 އިންސައްތައިގަ އެވެ. އެއީ ފާއިތުވި އަހަރާ އަޅާބަލާއިރު 6.2 އިންސައްތަ ދަށް އަދަދެކެވެ. ނަމަވެސް މާޗް މަހަށް ފަހު (އެ މަހު ހުރީ 1.9 ޕަސެންޓުގައި) ކާބޯތަކެތީގެ އިންފްލޭޝަން ވަނީ ބާރަށް އުފުލެން ފަށާފަ އެވެ. އެގޮތުން މިއަހަރު ކާބޯތަކެތީގެ އަގު އެންމެ ބޮޑަށް އުފުުުނީ ޖޫން މަހު، އެ މަހު އިންފްލޭޝަން ހުރީ 7.3 އިންސައްތައިގައި ކަމަށް ހިސާބުތަކުން ދައްކަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއަށްފަހު އިންފްލޭޝަން ކޮންމެވެސް ވަރަކަށް ދަށްވަމުން ގޮސް، މިދިޔަ އޮގަސްޓް މަހު އިންފްލޭޝަން ވަނީ ޖޫން މަހަށް ވުރެ 1.6 އިންސައްތަ ދަށްވެފަ އެވެ.

ސަރަހައްދުތަކަށް ބަލާއިރު، މާލޭގައި ކާބޯތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ ވެސް ޖޫން މަހު އެވެ. އެމަހު 7.5 އިންސައްތަ ވަނީ އުފުލިފަ އެވެ. އަދި އަތޮޅުތެރޭގައި ތަކެތީގެ އަގުތައް އެންމެ މައްޗަށް ދިޔައީ ޖޫން މަހާއި ޖުލައި މަހު އެވެ. އެ ދެމަހު އަތޮޅުތެރޭގެ އިންފްލޭޝަން 7.1 އިންސައްތަ އަށް އުފުލިފަ އެވެ.

މިދިޔަ މަހު ކާބޯތަކެތީގެ އިންފްލޭޝަން ދަށްވި ނަމަވެސް، ދަތުރުފަތުރުގެ ދާއިރާއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރު ކުރުމުގެ އަގުތަކަށް އައި ބޮޑުވުމާ އެކު، މާޗް މަހުން ފެށިގެން ދަތުރުފަތުރުގެ އިންފްލޭޝަން އުޅުނީ އަށް އިންސައްތަ އާއި ނުވަ އިންސައްތައާ ދެމެދުގަ އެވެ. މިދިޔަ އޮގަސްޓް މަހުވެސް ދަތުރުފަތުރުގެ އިންފްލޭޝަން ހުރީ 8 އިންސައްތަގަ އެވެ.

ދަތުރުފަތުރުގެ އަގުތައް މަތީގައި ހުރި ނަމަވެސް، އެހެން ދާއިރާތަކުން އަގުތައް އުފުލޭ މިންވަރު ދަށްވުމުގެ ސަބަބުން، މުޅި ޖުމުލަ އިންފްލޭޝަން ހުރީ 0.8 އިންސަތައިގައި ކަމަށް އެމްއެމްއޭގެ ހިސާބުތަކުން ދައްކަ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާބޯތަކެތީގެ އިންފްލޭޝަން 5.6 އިންސައްތަ ދަށްވެއްޖެޚަބަރު | ގަޑިއިރެއް ކުރިންދަތުރުފަތުރުގެ އިންފްލޭޝަން 9.3 އިންސައްތަ އަށް އަރައިފިޚަބަރު | 3 މަސް ކުރިން