logo
Bank of Maldives

Bank of Maldives

ޚަބަރު

ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ކޯލް ސެންޓަރގެ ޚިދުމަތް ރަސްމީކޮށް ފައްޓައިފި

އައިޝަތު ނަޝާ
19 ޖުލައި 2026 - 08:06
ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ކޯލް ސެންޓަރގެ ޚިދުމަތް ރަސްމީކޮށް ފައްޓައިފި

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ކޯލް ސެންޓަރގެ ޚިދުމަތް ރަސްމީކޮށް ފައްޓައިފިއެވެ.

ކޯލް ސެންޓަރގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ވުޒާރާއިން ބުނީ މި ޚިދުމަތް ގާއިމްކުރުމާއެކު އެ ވުޒާރާގެ ޚިދުމަތްތައް ހޯއްދަވާ ފަރާތްތަކަށް ލުއިފަސޭހަ ވެގެންދާނެކަމަށެވެ.މިގޮތުން އެފަރާތެއް ބޭނުންވާ ޑިޕާޓްމަންޓަކާ ސީދާ ގުޅައި ބޭނުންވާ މަޢުލޫމާތު ސާފުކުރުމަށް މަގުފަހިވެގެން ދާނެކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މިނިސްޓްރީގެ ކޯލް ސެންޓަރގެ ނަންބަރަކީ 3347300 އެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 14:00 އަށް މިނަންބަރަށް ގުޅާ ޚިދުމަތް ހޯދޭނެ ކަމަށާއި އަދި އޭގެ އިތުރުން ބަންދުގަޑިތަކުގައިވެސް ޚިދުމަތް ހޯދުމަށް މި ނަމްބަރ ބޭނުން ކުރެވޭނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ކޯލް ސެންޓަރުގައި ޒަމާނީ ކޯލް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށްފައިވާއިރު އެ ސިސްޓަމުގެ ކޮންމެ ކޯލެއް ލޮގްކުރެވިގެން ދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ކޯލް ސެންޓަރގެ ޚިދުމަތް ރަސްމީކޮށް ފައްޓައިފިޚަބަރު | 10 ގަޑިއިރު ކުރިން