logo
Bank of Maldives

Bank of Maldives

ވިޔަފާރި

ބީއެމްއެލް ގެ "އާޔާ" އަށް ގެނައި ބަދަލުތަކާއެކު ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް

އައިޝަތު ނަޝާ
22 ޖުލައި 2026 - 10:30
ބީއެމްއެލް ގެ "އާޔާ" އަށް ގެނައި ބަދަލުތަކާއެކު ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް

ބޭންކް އޮފް މޯލްޑިވްސްއިން ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފުކޮށްފައިވާ "އާޔާ" މެދުވެރިކޮށް އެ ބޭންކުގެ ޙިދުމަތްތަކަށް މިވަނީ އިތުރު ފަސޭހަކަތެއް ލިބިފައެވެ.

ބީއެމްއެލް އަޔާއަކީ، ބޭންކް އޮފް މޯލްޑިވްސްއިން ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފުކޮށްފައިވާ އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ބޭނުންކޮށްގެން މަސައްކަތް ކުރާ ޑިޖިޓަލް ބޭންކިންގ އެސިސްޓެންޓެކެވެ.

ބީއެމްއެލްއިން ބުނީ، އެ ބޭންކުގެ މޮބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ޚިދުމަތްތަކަށް އެދި ހުށަހެޅުމުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމަށް، ޑިޖިޓަލް އެސިސްޓެންޓް 'އާޔާ'އަށް މުހިންމު ބަދަލުތަކެއް ގެންނަން ފަށާފައިވާ ކަމަށެވެ. އަދި މި އަޕްޑޭޓާއެކު ބޭންކިންގ ޚިދުމަތްތަކަށް އެދި ހުށަހެޅުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

އެބޭންކުން ބުނީ މި ބަދަލާއެކު 'އާޔާ' މެދުވެރިކޮށް ކަސްޓަމަރުންގެ ސުވާލުތަކާއި ބޭނުންތަކަށް ވަގުތުން ހައްލު ލިބި، ޚިދުމަތްތަކަށް އެދި ހުށަހެޅުމުގައި ކުރިއަށްވުރެ ބޮޑަށް ހަލުވިކަމާއި ފަސޭހަކަމެއް ލިބޭނެ ކަމަށެވެ. އަދި ކަސްޓަމަރުން ބޭނުންވެއްޖެ ހާލަތެއްގައި 'އާޔާ' މެދުވެރިކޮށް ބޭންކުގެ މުވައްޒަފެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް ބީއެމްއެލުން މައުލޫމާތު ދެއެވެ.

މީގެއިތުރުން އެބޭންކުން ބުނީ، މި ބަދަލާއި ގުޅިގެން މޮބައިލް ބޭންކިންގ އެޕް އަދި އިންޓަރނެޓް ބޭންކިންގައި ކުރިން ކަސްޓަމަރުން ބޭނުން ކުރަމުން އައި މެސެޖިންގ ފީޗަރ މެދުވެރިކޮށް ޚިދުމަތްތަކަށް އެދި ހުށަހެޅުން މިހާރު މެދުކަނޑާލާފައިވާ ކަމަށެވެ. މިއީ، ކަސްޓަމަރުންނަށް ބޭނުންވާ ޚާއްޞަ އެހީތެރިކަން އެންމެ ފުރިހަމައަށް ކަށަވަރު ކޮށްދިނުމަށް ކުރި މަސައްކަތްތަކެއް ކަމަށް އެބޭންކުން ވަނީ ބުނެފައެވެ.

އަދި މިއީ އެ ބޭންކުގެ ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި އިތުބާރު ހުރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މެދުނުކެނޑި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެއް ކަމަށްވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން އާޓިފިޝަލް އިންޓެލިޖެންސް، އޭއައި ބޭނުންކޮށްގެން ތައާރަފުކުރި ޑިޖިޓަލް ބޭންކިންގ އެސިސްޓެންޓް "އަޔާ" ފުރަތަމަ ތައާރަފުކުރީ، 31 މެއި 2023 ގައެވެ.

މި ޚިދުމަތަކީ ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި، 24 ގަޑިއިރު މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ފެށި މުހިންމު މަސައްކަތެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލް ގެ "އާޔާ" އަށް ގެނައި ބަދަލުތަކާއެކު ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއްވިޔަފާރި | 2 ގަޑިއިރު ކުރިންބީއެމްއެލްގެ ކޯ ބޭންކިންގ ނިޒާމު ފިނަސްޓްރާގެ އެހީގައި ޒަމާނީ ކުރަނީޚަބަރު | ދުވަހެއް ކުރިންބީއެމްއެލްގެ މުވައްޒަފުން ތަމްރީން ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 2 ދުވަސް ކުރިންކިޔަވާ ކުދިންނަށް ޑޮލަރުން ފައިސާ ލިބޭ ލޯނެއް ބީއެމްއެލް އިން ތައާރަފު ކޮށްފިޚަބަރު | 3 ދުވަސް ކުރިން