logo
Bank of Maldives

Bank of Maldives

ޚަބަރު

ކިޔަވާ ކުދިންނަށް ޑޮލަރުން ފައިސާ ލިބޭ ލޯނެއް ބީއެމްއެލް އިން ތައާރަފު ކޮށްފި

އައިޝަތު ނަޝާ
19 ޖުލައި 2026 - 08:23
ކިޔަވާ ކުދިންނަށް ޑޮލަރުން ފައިސާ ލިބޭ ލޯނެއް ބީއެމްއެލް އިން ތައާރަފު ކޮށްފި

ކިޔަވާ ކުދިންނަށް އަމާޒުކޮށް، ރަހުނަކާ ނުލައި ޑޮލަރުން ފައިސާ ލިބޭ ލޯނެއް ގައުމީ ބޭންކުން ތައާރަފު ކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ، ބީއެމްއެލްގެ ކިޔަވާ ލޯނު އަދި އެޑިއުކޭޝަން ފައިނޭންސިންގއަށް ހެޔޮ ބަދަލުތަކެއް ގެނެސް، ބޭރުގެ ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަ ކުރުމަށާއި އެފަދަ ކޯސްތަކާ ގުޅުންހުރި ސަރޓިފިކޭޝަން ފީ ދެއްކުމަށް ޑޮލަރުން ފައިނޭންސިންގ ލިބޭ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.

މިއީ، އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ފައިނޭންސިންއެއް ކަމަށާއި ބައިނަލްއަޤުވާމީ ގޮތުން ބަލައިގަންނަ ޕްރޮފެޝަނަލް ތަމްރީނުތަކާއި ސަނަދުތައް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް، މި ފައިނޭންސްގެ ދަށުން ޑޮލަރު ލިބުމަކީ ބޭރު ފައިސާގެ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެ މަގުފަހިވެގެންދާނެ ކަމެއް ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

މި ފައިނޭންސިންގ ދަށުން، ކޯސް ފީތައް ބޭންކުން ސީދާ ތައުލީމީ މަރުކަޒަކަށް ނުވަތަ ކަމާބެހޭ އިދާރާއަކަށް ޓެލެގްރަފިކް ޓްރާންސްފަރ، ޓީޓީ މެދުވެރިކޮށް ފޮނުވައިދޭނެ ކަމަށާއި ދަރިވަރުންނަށް ދޫކުރާ ސްޓައިޕެންޑް އެލަވަންސް ސީދާ ކަސްޓަމަރުގެ އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކިޔަވާ ލޯނަށް މި ގެނައި ބަދަލަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް ގެނައި ބަދަލެއް ކަމަށެވެ. އަދި ރަހުނަކާ ނުލައި ޑޮލަރުން ލިބޭ މި ފުރުސަތަކީ މަތީ ތައުލީމާއި ޕްރޮފެޝަނަލް ސަނަދުތައް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭނެ ބޮޑު ލުޔެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، ބޭންކް އޮފް މޯލްޑިވްސްއިން އަބަދުވެސް މަސައްކަތް ކުރަނީ، އީޖާދީ އަދި ފަސޭހައިން ލިބޭނެ މާލީ އެހީތެރިކަން ފޯރުކޮށްދީގެން ދަރިވަރުންގެ ތައުލީމީ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށް ކަމަށް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކިޔަވާ ކުދިންނަށް ޑޮލަރުން ފައިސާ ލިބޭ ލޯނެއް ބީއެމްއެލް އިން ތައާރަފު ކޮށްފިޚަބަރު | 15 ގަޑިއިރު ކުރިންފަތުރުވެރިކަމުގެ ދާއިރާ އަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 860 މިލިޔަން ޑޮލަރަށް އަރާ: ޝަރީފުޚަބަރު | 4 ދުވަސް ކުރިންޒުވާނުންނަށް 150،000 ރުފިޔާ ލިބޭ ލޯނެއް ބީއެމްއެލް އިން ތައާރަފުކޮށްފިޚަބަރު | 5 ދުވަސް ކުރިންބީއެމްއެލްގެ ހިދުމަތް އިތުރު ހަތް ރަށަކަށް ފުޅާކޮށްފިޚަބަރު | 5 ދުވަސް ކުރިން