ބީއެމްއެލްގެ ހިދުމަތް އިތުރު ހަތް ރަށަކަށް ފުޅާކޮށްފި
15 ޖުލައި 2026 - 07:40

މުޅި ރާއްޖެ އަށް އަމާޒުކޮށްގެން ބޭންކިންގ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު ހަތް ބްރާންޗުގެ ޚިދުމަތްފަށައިފި އެވެ.
މި ރަށްރަށަށް މި ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ޔޫތް އެންޓަޕްރަނާޝިޕް އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

Ad by Hajj Corporation
ގައުމީ ބޭންކުން އަލަށް ބޭންކްގެ ގޮފިތައް ހުޅުވާފައިވާ ރަށްރަށާކީ
ހއ. ހޯރަފުށި
ށ. ކަނޑިތީމު
ރ. އަލިފުށި
ޅ. ހިންނަވަރު
އދ. މާމިގިލި
ގއ. ގެމަނަފުށި
ލ. މާވަށް
ބޭންކުން ބުނީ އަލަށް ގާއިމުކުރި މި ގޮފިތަކާއެކު، ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ރާއްޖޭގެ 20 އަތޮޅުގައި ޖުމްލަ 55 ގޮފި ހިންގަމުންދާ ކަމަށެވެ. މީގެ ތެރޭގައި މިދިޔަ ދެއަހަރުތެރޭ ހުޅުވި 17 ގޮފި ހިމެނޭ ކަމަށް ވެސް ބޭންކުން މައުލޫމާތުދެ އެވެ. ބޭންކުން ބުނީ މިއިން ދައްކުވައިދެނީ ބޭންކިންގ ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ބޭންކުން ކުރާ ދެމެހެއްޓެނިވި އިންވެސްޓްމެންޓް ކަމަށެވެ.
މި މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކަށް ލިބޭ މާލީ ކުރިއެރުމުގެ ސަބަބުން މުޅި ރާއްޖެއަށް ވިއުގައަށް އިންވެސްޓްކޮށް، ކޮންމެ ދިވެއްސަކާ ގާތުން ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު އެ ބޭންކަށް މިހާރު ލިބިފއިވާ ކަމަށެވެ. އަދި މީގެ ސަބަބުން ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބި، އެފަރާތްތަކުގެ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް މުޙައްމަދު ޝަރީފް ވިދާޅުވި އެވެ.
ގައުމީ ބޭންކުން ދަނީ ރާއްޖޭގެ އެންމެ ބޮޑު ބޭންކިންގ ވިއުގަ ހިންގަމުންނެވެ. މީގެ ތެރޭގައި 20 އަތޮޅުގައި ހުރި 55 ގޮތްޕާއި 340 އޭޓީއެމްގެ އިތުރުން ޒަމާނީ ޑިޖިޓަލް ބޭންކިންގ ވަސީލަތްތައް ހިމެނޭ ކަމަށް އެބޭންކުންބުނެ އެވެ.


