logo
Bank of Maldives

Bank of Maldives

ޚަބަރު

ހިއްސާގެ ބާޒާރަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ހިއްސާ ގަނެވިއްކޭނެ ފަސޭހަ ނިޒާމެއް ނެތުން: އަބްދުﷲ

އަޙުމަދު ރިޝާން
1 ޖުލައި 2026 - 05:01
 ގައުމީ ބޭންކުގެ ޑައިރެކްޓާ އޮފް ފައިނައިންޝިއަލް ސްޓްރެޓެޖީ އަބްދުﷲ ހަސަން - ފޮޓޯ/ މެންދުރު ޓީވީ
ގައުމީ ބޭންކުގެ ޑައިރެކްޓާ އޮފް ފައިނައިންޝިއަލް ސްޓްރެޓެޖީ އަބްދުﷲ ހަސަން - ފޮޓޯ/ މެންދުރު ޓީވީ

ދިވެހި ރާއްޖޭގެ ހިއްސާގެ ބާޒާރަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ހިއްސާ ގަނެވިއްކޭނެ ފަސޭހަ ނިޒާމެއް ނެތުން ކަމަށް ގައުމީ ބޭންކުގެ ޑައިރެކްޓާ އޮފް ފައިނައިންޝިއަލް ސްޓްރެޓެޖީ އަބްދުﷲ ހަސަން ވިދާޅުވެއްޖެ އެވެ.

މެންދުރު ޓީވީގެ މައުލޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ހިއްސާގެ ބާޒާރު ކުރިއެރުމަށް ހަމައެކަނި އޮތް ގޮންޖެހުމަކީ އާބާދީ ކުޑަވުން ނޫން ކަމަށެވެ. އެގޮތުން މިފަދަ ޓެކްނޮލަޖީ ފަސޭހަ ޒަމާނެއްގައި ހިއްސާ ފަސޭހައިން ވަގުތުން ގަނެ ވިއްކޭނެ ނިޒާމެއް ގާއިމުކުރެވެން ޖެހޭ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވެވި އެވެ. އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ވެސް ބުރޯކަރުން ހިއްސާ ގަނެވިއްކުމުގެ ނިޒާމުތައް ކޮންމެ ވެސް ވަރަށް ގާއިމުކޮށްފައި ހުރި ނަމަވެސް އަދި މިހާރަށް ވުރެ ފުރިހަމަވެ، ދުނިޔޭގެ އެހެންތަންތާ ވެސް ހިއްސާ ގަނެއްވިއްކާ ކަހަލަ ފަސޭހަ ނިޒާމެއް ރާއްޖެ އަށް ވެސް މުހިއްމު ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމައުލޫ އަށް އިތުރަށް ވާހަކަ ދައްކަވަމުން އަބްދުﷲ ވިދާޅުވީ ރާއްޖޭގެ އިގްތިސޯދުގައި ޑޮލަރާއި ފައިސާ ވެސް ދައުރުވަމުންދާ ކަމަށެވެ. އަދި މީހުންގެ އަތުގައި އެ ތަނަވަސްކަން އެބަހުރި ކަމަށާއި ފަސޭހައިން ހިއްސާގެ އަގުތަކަށް އަންނަ ބަދަލުތައް ދެނެގެނެވޭނެ ނިޒާމެއް ހުންނަނަމަ ކުންފުނިން ހިއްސާގެ ފައިދާ އަށް ބަހާ ފައިދާ އަށް އިންތިޒާރުކުމުގެ ބަދަލުގައި ހިއްސާގެ ބާޒުގައި ހިއްސާ ވިއްކައިގެން ރަނގަޅު ނަފާއެއް ހޯދުމަށް މީހުން މަސައްކަތް ކުރާނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިކަމުގެ ދާއިރާ އަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 860 މިލިޔަން ޑޮލަރަށް އަރާ: ޝަރީފުޚަބަރު | 21 ގަޑިއިރު ކުރިންޒުވާނުންނަށް 150،000 ރުފިޔާ ލިބޭ ލޯނެއް ބީއެމްއެލް އިން ތައާރަފުކޮށްފިޚަބަރު | 2 ދުވަސް ކުރިންބީއެމްއެލްގެ ހިދުމަތް އިތުރު ހަތް ރަށަކަށް ފުޅާކޮށްފިޚަބަރު | 2 ދުވަސް ކުރިންޓެކްސް ދައްކާ ފަރާތްތަކަށް ބީއެމްއެލް މެދުވެރިކޮށް ލުއިފަސޭހަ ނިޒާމެއް ގާއިމުކޮށްފިވިޔަފާރި | 9 ދުވަސް ކުރިން