logo
Bank of Maldives

Bank of Maldives

ޚަބަރު

ޓެކްސް ދައްކާ ފަރާތްތަކަށް ބީއެމްއެލް މެދުވެރިކޮށް ލުއިފަސޭހަ ނިޒާމެއް ގާއިމުކޮށްފި

އަޙުމަދު ރިޝާން
8 ޖުލައި 2026 - 05:08
ބީއެމްއެލްގެ ޕީއާރު މެނޭޖަރ މުހައްމަދު ނާސީހު (ކވ) އަދި މީރާގެ ޓެކްސްޕޭޔާ ސާވިސްގެ، ޑެޕިއުޓީ ޑީރެކްޓަރު އަހުމަދު ޒަކަރިއްޔާ.-ފޮޓޯ/ މެންދުރު ޓީވީ
ބީއެމްއެލްގެ ޕީއާރު މެނޭޖަރ މުހައްމަދު ނާސީހު (ކވ) އަދި މީރާގެ ޓެކްސްޕޭޔާ ސާވިސްގެ، ޑެޕިއުޓީ ޑީރެކްޓަރު އަހުމަދު ޒަކަރިއްޔާ.-ފޮޓޯ/ މެންދުރު ޓީވީ

 

 ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ބޭންކް އޮފް މޯލްޑިވިސް (ބީއެމްއެލް) ގުޅިގެން ފަސޭހަ ނިޒާމެއް ތައާރަފު ކޮށްފި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ޓްރާންފަރ ޕޭމަންޓްސް" ނަމުގައި ގާއިމުކުރި މިހިދުމަތުގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަ ވެގެންދާނެ ކަމަށް މީރާގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޓެކްސް ޕޭޔާ ސާވިސް އަހުމަދު ޒަކަރިއްޔާ ވިދާޅުވި އެވެ. މެންދުރު ޓީވީގެ މައުލޫ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޒަކަރިއްޔާ ވިދާޅުވީ މީރާގެ ހުރިހާ ހިދުމަތެއް ވެސް އޮންލައިންކޮށް، މީރާ ކަނެކްޓް ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

ގައުމީ ބޭންކް ޕީއާރު މެނޭޖަރު މުހައްމަދު ނާސީހު ވިދާޅުވީ، "ޓްރާންފަރ ޕޭމަންޓްސް" މެދުވެރިކޮށް ޓެކްސް ދައްކާ ފަރާތްތަކަށް ކާޑުގެ މައުލޫމާތުތައް އަމިއްލަ އަށް ފުރަން ނުޖެހޭނެ ކަމަށެވެ. އޭގެ ބަދަލުގައި ބޭންކްގެ ޕޭޖްގައި އެ މައުލޫމާތު އަމިއްލަ ޒާތުގައި ފުރައިދީފައި ހުންނާނެ ކަމަށް ވެސް ނާސިހު ވިދާޅުވި އެވެ.

މީރާއިން ކުރަމުން އަންނަނީ ގައުމީ މަސައްކަތެއް ކަމަށާއި މީރާ އަދި ބޭންކުގެ އަމާޒަކީ ކުރިޔަތް އޮތްތާ ވެސް ޑިޖިޓަލީ، އަދި އޮންލައިކޮށް ހިދުމަތްތައް ދިނުން ކަމަށް ވެސް ނާސީހު ފާހަގަ ކުރި އެވެ. އަދި "ޓްރާންފަރ ޕޭމަންޓްސް" ގެ ހިދުމަތް މިހާރަށް ވުރެ ފުޅާކުރުމަކީ ބޭންކްގެ އަމާޒެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެެއްވެވި އެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓެކްސް ދައްކާ ފަރާތްތަކަށް ބީއެމްއެލް މެދުވެރިކޮށް ލުއިފަސޭހަ ނިޒާމެއް ގާއިމުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންވިޔަފާރިތަކަށް ދެމިލިޔަން ރުފިޔާގެ ފައިނޭންސެއް ލިބޭ ހިދުމަތެއް ބީއެމްއެލް އިން ތައާރަފު ކޮށްފިވިޔަފާރި | 4 ދުވަސް ކުރިންހިއްސާގެ ބާޒާރަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ހިއްސާ ގަނެވިއްކޭނެ ފަސޭހަ ނިޒާމެއް ނެތުން: އަބްދުﷲޚަބަރު | 7 ދުވަސް ކުރިންއިންވެސްޓްމެންޓެއް ގޮތަށް ބީއެމްލްއަށް ޑޮލަރުމާރުކުރާ ކަސްޓަމަރުންނަށް %25 ފައިދާލިބޭ ނިޒާމެއް ތައާރަފު ކޮށްފިޚަބަރު | 8 ދުވަސް ކުރިން