logo
Bank of Maldives

Bank of Maldives

ވިޔަފާރި

ވިޔަފާރިތަކަށް ދެމިލިޔަން ރުފިޔާގެ ފައިނޭންސެއް ލިބޭ ހިދުމަތެއް ބީއެމްއެލް އިން ތައާރަފު ކޮށްފި

އަޙުމަދު ރިޝާން
4 ޖުލައި 2026 - 04:20
"އެޑްވާންސް މާޗަންޓް ސެޓްލްމަންޓް" ޚިދުމަތް ބީއެމްލެގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފު ތައާރަފު ކޮށްދެއްވަނީ. -ފޮޓޯ/ ބީއެމްއެލް
"އެޑްވާންސް މާޗަންޓް ސެޓްލްމަންޓް" ޚިދުމަތް ބީއެމްލެގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފު ތައާރަފު ކޮށްދެއްވަނީ. -ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ ކާޑު މެޝިން ބޭނުންކުރާ ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސް "އެޑްވާންސް މާޗަންޓް ސެޓްލްމަންޓް" ޚިދުމަތް ދެ މިލިޔަން ރުފިޔާއާ ހަމައަށް ލިބޭ ގޮތަށް ތައާރަފު ކޮށްފި އެވެ.

މިހިދުމަތް ތައާރަފުކޮށްފައި ވަނީ މަރުކަޒީ ބޭންކުން ކުރިޔަށް ގެންދާ ފައިނޭސިން އެކްސްޕޯގަ އެވެ. އެކްސްޕޯގައި މި ހިދުމަތް ތައާރަފުކޮށްދެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފު އެވެ. ގައުމީ ބޭންކުން ބުނީ މި ހިދުމަތް މެދުވެރިކޮށް، ވިޔަފާރިތަކުން ކާޑު މެޝިނުގައި ހިންގާފައިވާ މުއާމަލާތްތަކަށް ބަލައި 2 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެންދުރު ޓީވީ އަށް މައުލޫމާތު ދެމުން އެ ބޭންކުގެ ބިޒްނަސް އެސްއެމްއީ އިންޗާޖު އަޒްހަރު ނަހުމާ ނާޒީމް ވިދާޅުވީ މި ފައިނޭސިން ދިނުމުގައި އިތުރު ލިޔެކިޔުންތައް ހުށަހަޅަން ނުޖެހޭނެ ކަމަށާއި ހިދުމަތްދިނުގައި ބަލާނީ ބޭންކުގައި ހުރި މައުލޫމާތުތަކަށް ކަމަށެވެ. މިއީ ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ވީހާވެސް ފަސޭހަކަމާއެކު އަވަހަށް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށާއި މިގޮތުން މި ޚިދުމަތަށް އެދި ހުށަހެޅުމުގެ މަރުހަލާ އިތުރަށް ފަސޭހަކޮށް، 5 ދުވަސްތެރޭގައި ފައިނޭންސިން ލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.

 ފައިނޭންސަށް އެދި ހުށަހެޅޭނީ ބީއެމްއެލް މަރޗަންޓް ޚިދުމަތް މެދުވެރިކޮށް މަދުވެގެން 6 މަސްދުވަހު ކާޑުގެ މުއާމަލާތްތައް ހިންގާފައިވާ ފަރާތްތަކަށެވެ. އަދި މަހަކު އެވްރެޖްކޮށް ބީއެމްއެލް ކާޑުން 20،000 ރުފިޔާގެ ވިޔަފާރިކޮށްފައިވުމާއެކު، އެއްވެސް މާލީ އިދާރާއަކަށް ފައިސާ ދައްކަންޖެހި ނުދައްކައި އޮވެގެން ނުވާނެ ކަމަށް ވެސް އެ ބޭންކުން މައުލޫމާތުދެ އެވެ. މި ފައިނޭންސިންގ އަނބުރާ ދެއްކުމުގައިވެސް ވިޔަފާރިވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށް ބޭންކުން ބުނެ އެވެ. އެގޮތުން، ކޮންމެ ދުވަހަކު ލިބޭ ކާޑު ސޭލްސްގެ ތެރެއިން މި ފައިނޭންސިން އަށް އަނބުރާ ދައްކަންޖެހޭ އަދަދު އޮޓޮމެޓިކުން ކެނޑޭނެ އިންތިޒާމު ވަނީ ގާއިމުކޮށްފަ އެވެ. މި ޚިދުމަތަށް ބީއެމްއެލް އިންޓަނެޓް ބޭންކިން ނުވަތަ މޮބައިލް އެޕްގެ މެދުވެރިކޮށް ވެސް ހުށަހެޅޭނެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިކަމުގެ ދާއިރާ އަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 860 މިލިޔަން ޑޮލަރަށް އަރާ: ޝަރީފުޚަބަރު | 21 ގަޑިއިރު ކުރިންޒުވާނުންނަށް 150،000 ރުފިޔާ ލިބޭ ލޯނެއް ބީއެމްއެލް އިން ތައާރަފުކޮށްފިޚަބަރު | 2 ދުވަސް ކުރިންބީއެމްއެލްގެ ހިދުމަތް އިތުރު ހަތް ރަށަކަށް ފުޅާކޮށްފިޚަބަރު | 2 ދުވަސް ކުރިންޓެކްސް ދައްކާ ފަރާތްތަކަށް ބީއެމްއެލް މެދުވެރިކޮށް ލުއިފަސޭހަ ނިޒާމެއް ގާއިމުކޮށްފިވިޔަފާރި | 9 ދުވަސް ކުރިން