logo
Bank of Maldives

Bank of Maldives

ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާ އަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 860 މިލިޔަން ޑޮލަރަށް އަރާ: ޝަރީފު

އަޙުމަދު ރިޝާން
16 ޖުލައި 2026 - 07:25
ފަތުރުވެރިކަމުގެ ދާއިރާ އަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 860 މިލިޔަން ޑޮލަރަށް އަރާ: ޝަރީފު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ޑޮލަރު އެބަހުރި ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާ އަށް ދޫކުރި ލޯނު އެކަނި ވެސް 860 މިލިއަން ޑޮލަރަށް އަރާ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ޝަރީފު ވިދާޅުވީ 2023ގެ ނިޔަލަށް ޑޮލަރުން ދޫކޮށްފައިވާ ލޯނަށް ވުރެ ދެ ގުނަ އިތުރަށް ވިޔަފާރިތަކަށް ޑޮލަރު ވިއްކާފައިވާ ކަމަށެވެ. އެގޮތުން މި އަހަރުގެ ވޭތުވެ ދިޔަ ހަ މަސް ދުވަހަކީ ބީއެމްއެލްގެ ތާރީހުގައިވެސް އެވްރެޖްކޮށް މަހެއްގެ މައްޗަށް އެންމެ ގިނައިން ކަސްޓަމަރުންނަށް ޑޮލަރު ވިއްކި ހަ މަސް ދުވަސް ކަމަށް ޝަރީފު ފާހަގަ ކުރެއްވެވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތަފާސްހިސާބުތަކަށް އިޝާރަތްކުރައްވާ ޝަރީފު ވިދާޅުވީ މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު އެކަނިވެސް 226 މިލިއަން ޑޮލަރު އިތުރަށް ދޫކޮށްފައިވާ ކަމަށެވެ. އަދި 2021ވަނަ އަހަރުން 2023 ގެ ނިޔަލަށް ޑޮލަރުން ލޯނު ދޫކޮށްފައިވަނީ ޖުމްލަ 249 މިލިއަން ޑޮލަރު ކަމަށެވެ. އަދި  2024 ގައި އިތުރަށް 142 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށާއި  2025 ގައި އިތުރު 284 މިލިއަން ޑޮލަރު ވިއްކި ކަމަށް ސީއީއޯ ފާހަގަ ކުރެއްވެވި އެވެ.

މީގެ އިތުރުން ޝަރީފު ވިދާޅުވީ މި އަހަރުގެ ވޭތުވެ ދިޔަ ހަ މަސް ދުވަހަށް ބަލާއިރު ބީއެމްއެލްގެ ތާރީހުގައިވެސް އެވްރެޖްކޮށް މަހެއްގެ މައްޗަށް އެންމެ ގިނައިން ކަސްޓަމަރުންނަށް ޑޮލަރު ވިއްކާފައިވާ މުއްދަތު ކަމަށެވެ. ބީއެމްއެލްގެ ތަފާސް ހިސާބަށް ބަލާއިރު، ވެއަތުވި ދެ އަހަރާބައިގެ ތެރޭގައި 1.7 ބިލިޔަން ޑޮލަރު ވިއްކާފައިވެ އެވެ.

ބޭންކުން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބޭންކުން ވަނީ ޖުމްލަ 1.7 ބިލިޔަން ޑޮލަރު ވިއްކާފަ އެވެ. އެ ބޭންކުން ބުނީ މިއީ ރެކޯޑް އަދަދެއް ކަމަށެވެ. އަދި މިއީ އޭގެ ކުރީގެ މި މުއްދަތަށް ބަލާއިރު 77 އިންސައްތަ އިތުރުވުމެއް ކަމަށާއި އެ އހަރުތަކުގައި ވިއްކާފައި ވަނީ 957 މިލިޔަން ޑޮލަރު ކަމަށެވެ.

ބޭންކުން ވިއްކި ފައިސާގެ ތެރޭގައި ތައުލީމާއި ބޭސްފަރުވާ އާއި ކާޑު މުއާމަލާތްތަކާއި، ޓެލްގްރެފިކް ޓްރާންސްފަރ (ޓީޓީ)، ދަތުރުވެރިންނަށް ވިއްކި ފައިސާ ހިމެނެ އެވެ. އަދި ބޭންކުގެ ދިވެހި ރުފިޔާގެ އެކައުންޓަކަށް ވެއަތުވި ދެއަހަރާބައިގެ ތެރޭގައި 870 މިލިޔަން ޑޮލަރު ވަނީ ވިއްކާފަ އެވެ. މިއީ ދެ ގުނަ އިތުރު އަދަދެއް ކަމަށާއި 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.7 މިލިޔަން ޑޮލަރު ވިއްކާފައިވާ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ. އަދި މިއަހަރު މި ބޭނުންތަކަށް 37.8 މިލިޔަން ޑޮލަރު އެވްރެޖްކޮށް މަހަކު ވިއްކާފައިވެ އެވެ.

ބޭންކުން ބުނީ ޓީޓީ ފޮނުވުމަށް ވިއްކާ ފައިސާގެ މިންވަރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.2 މިލިޔަން ޑޮލަރު ޓީޓީއަށް ވިއްކާފައިވާ ކަމަށާއި މިއަހަރު އެ އަދަދު ވަނީ މަހަކު 28 މިލިޔަން ޑޮލަރަށް އުފުލިފަ ކަމަށެވެ.

ފާއިތުވިވި 5 އަހަރުގެ ތެރޭގައި މަހެއްގެ މައްޗަށް ބޭރު ފައިސާ ވިއްކާ މިންވަރު ހަތަރު ގުނަ އިތުރުވެފައިވެ އެވރ. އެގޮތުން 2021 ވަނަ އަހަރު މަހަކު އެވްރެޖްކޮށް 21 މިލިޔަން ޑޮލަރު ވިއްކާފއިވާއިރު، 2026 ގެ ފުރަތަމަ ހަ މަސްދުވަހު މި އަދަދު ވަނީ މަހަކު 80 މިލިޔަން ޑޮލަރަށް އިތުރުވެފަ އެވެ.

ބޭރުގައި ކިޔަވާ ކުދިންނާއި ބޭސްފަރުވާ ހޯދާ ފަރާތްތަކަށް ބޭންކުން ވިއްކާ ފައިސާގެ މިންވަރު ވެސް އަހަރަކަށްވުރެ އަހަރަށް އިތުރުވެފައިވެ އެވެ. އެގޮތުން 2023 ވަނަ އަހަރު މަހަކު 2.9 މިލިޔަން ޑޮލަރު ވިއްކާފައިވާއިރު،  މިއަހަރު އެވްރެޖްކޮށް މަހަކު 5.8 މިލިޔަން ޑޮލަރު މި ބޭނުމަށް ދޫކޮށްފައިވެ އެވެ. އަދި  ނަގުދު ފައިސާގެ ގޮތުގައި ދަތުރުވެރިނަސް ވިއްކި ޑޮލަރުގެ މިންވަރުވެސް ވަނީ 70 އިންސައްތަ އިތުރުވެފަ އެވެ.

ބީއެމްއެލް އިން ބުނީ މި ތަފާސްހިސާބުތަކުން އެނގެނީ ރާއްޖޭގެ ބޭރު ފައިސާގެ ބޭނުންތައް ފުއްދައިދިނުމުގައި ބޭންކުން ބަހައްޓާ ސާބިތުކަން ކަމަށެވެ. އަދި ޑިމާންޑް އިތުރުވަމުންދާ މި ދަނޑިވަޅުގައިވެސް ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުން އަބަދުވެސް އިސްކަންދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިކަމުގެ ދާއިރާ އަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 860 މިލިޔަން ޑޮލަރަށް އަރާ: ޝަރީފުޚަބަރު | 2 ގަޑިއިރު ކުރިންޒުވާނުންނަށް 150،000 ރުފިޔާ ލިބޭ ލޯނެއް ބީއެމްއެލް އިން ތައާރަފުކޮށްފިޚަބަރު | ދުވަހެއް ކުރިންބީއެމްއެލްގެ ހިދުމަތް އިތުރު ހަތް ރަށަކަށް ފުޅާކޮށްފިޚަބަރު | ދުވަހެއް ކުރިންޓެކްސް ދައްކާ ފަރާތްތަކަށް ބީއެމްއެލް މެދުވެރިކޮށް ލުއިފަސޭހަ ނިޒާމެއް ގާއިމުކޮށްފިވިޔަފާރި | 8 ދުވަސް ކުރިން