ޒުވާނުންނަށް 150،000 ރުފިޔާ ލިބޭ ލޯނެއް ބީއެމްއެލް އިން ތައާރަފުކޮށްފި
15 ޖުލައި 2026 - 10:41

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން، ދިވެހި ޒުވާނުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށް "ޔޫތު އެންޓަޕްރަނަޝިޕް ފައިނޭންސިން"ގެ ނަމުގައި އާ ލޯނެއް ތައާރަފު ކޮށްފި އެވެ.
މި ލޯނު އިފްތިތާހުކޮށްފައިވަނީ ޔޫތް އެންޓަޕްރަނާޝިޕް އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒެވެ. ބޭންކުން ބުނީ މި ލޯނު ދޫކުރުމަށް ނިންމާފައި 18 އަހަރުން ފެށިގެން 30 އަހަރުގެ ޒުވާނުންނަށެވެ. އަދި މި ލޯނަކީ އެއްވެސް ރަހުނަކާ ނުލާ ނެގޭ ލޯނެއް ކަމަށާއި ޝަރުތު ހަމަވާ ފަރާތްތަކަށް 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެ ގައުމީ ބޭންކުން މައުލޫމާތުދެ އެވެ.

Ad by Hajj Corporation
ބޭންކުންބުނީ މި ލޯނަކީ ވިޔަފާރިއެއް ފަށަން ބޭނުންވާ ޒުވާނުންނަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންގެ މަސައްކަތް ފެށުމަށް ނުވަތަ ފުޅާކުރުމަށް ބޭނުންވާ ރައުސްމާލު ހޯދައިދިނުމަށް ހުޅުވާލި ފުރުސަތެއް ކަމަށެވެ. ބީއެމްލްގެ ސީއޯ މުހައްމަދު ޝަރީފު ވިދާޅުވީ މި ސްކީމްގެ މައިގަނޑު ބޭނުމަކީ ޒުވާނުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ގައުމުގެ އުފެއްދުންތެރިކަމުގައި އަމަލީ ގޮތުން ބައިވެރިވުން ކަމަށެވެ.
ބޭންކުން ބުނީ މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ 7 އިންސައްތަ ކަމަށެވެ. އަދި މި ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި، ޝަރުތުހަމަވާ ފަރާތްތަކަށް ލޯނު ލިބޭނެ ކަމަށާއި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭއިރު، 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ލިބޭނެ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެ އެވެ.


