logo
Bank of Maldives

Bank of Maldives

ޚަބަރު

"ކަނޑާލި ފިނޮޅޮަށް" އަރާ ފޭބެނީ ވަށަފަރު ކައުންސިލުން ހުއްދަ ނަގައިގެން

އައިޝަތު ނަޝާ
22 ޖުލައި 2026 - 10:45
"ކަނޑާލި ފިނޮޅޮަށް" އަރާ ފޭބެނީ ވަށަފަރު ކައުންސިލުން ހުއްދަ ނަގައިގެން

ހއ."ކަނޑާލި ފިނޮޅަށް" އަރާފޭބުމާއި، އަދި ބަނދަރުކުރުން ނުވަތަ އެއްވެސް ހަރަކާތެއް ހިންގުމަށް ހއ. ވަށަފަރު ކައުންސިލްގެ ހުއްދަ ހޯދަން ޖެހޭގޮތަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ވަށަފަރު ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުުނެފައި ވަނީ މިގޮތަށް ބަދަލު ގެނައީ އެ ރަށުގެ ގުދުރަތީ މާހައުލަށާއި މުދަލަށް ބޮޑެތި ގެއްލުން ތަކެއް ލިބެމުން ދާތީ ކަމަށެވެ. އަދި ކައުންސިލް ގެ ހުއްދައެއް ނެތި އެއްވެސް ފަރާތަކުން ނުވަތަ އުޅަނދަކުން އެ ރަށަށް އަރައފިނަމަ ނުވަތަ ކަމެއް ކޮށްފިނަމަ، އެއީ ޤާނޫނީ ހުއްދައެއް ނެތި ކުރާ ކަމެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކާ މެދު ޤާނޫނާއި ޤަވައިދުގެ ދަށުން އަޅަންޖެހޭ އިދާރީ އަދި ޤާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އިންޒާރު ދީފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ކައުންސިލް ބަޔާނުގައި ބުނެފައި ވަނީ ކުރިން އެއްވެސް ހުރަހެއް ނެތި އެ ރަށަށް އަރާފޭބުމުގެ ފުރުސަތު އޮތުމުގެ ސަބަބުން ރަށުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުން ތަކެއް ލިބފައި ވާކަމަށެވެ. .އޭގެތެރޭގައި ޤަވައިދާ ހިލާފަށް ވެލި ނެގުމާއި، ކުނި އެޅުމާއި،ގަސްގަހާ ގެއްސަށް ގެއްލުން ދިނުމުގެ އިތުރުން ރަށުގައި ހުޅުޖެހުން ފަދަ ނުރައްކާތެރި ކަންކަން ހިނގާފައިވާ ވާ ކަމަށް އެ ކައުންސިލުން ވަނީ ފާހަކޮށްފަ އެވެ.

އެހެންކަމުން ރަށަށް އަރާފޭބުން ވަކި އުސޫލަކުން ކޮންޓްރޯލްކުރަން ފެށީ ރަށުގެ ގުދުރަތީ މާހައުލަށާއި އާންމު މުދާ ރައްކާތެރި ކުރުމަށާއި، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ކަމަށް ވަށަފަރު ކައުންސިލް ބަޔާނުގައި ބަޔާންކޮށްފައިވެ އެވެ. އަދި އެ ކައުންސުލުން ވަނީ މިކަމުގައި އާންމުންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ،އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ އިތުރުން ދައުލަތުގެ މުއައްސަސާ ތަކުގެ އެއްބާރުލުމަށް އެދިފަ އެވެ.

އެ ރަށް އެރުމުގެ ހުއްދައަށް އެދުމަށާއި، އިތުރު މައުލޫމާތު ސާފުކުރުމަށް ހއ.ވަށަފަރު ކައުންސިލްގެ ރައީސް އަހްމަދު ޝަމްއޫން (9720006) ނުވަތަ ނައިބު ރައީސް މުހައްމަދު ޒަހީން(7940980) ނުވަތަ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މަހާސިން މުހައްމަދު (9642399) ގުޅުމަށް އެ ކައުންސިލުން ވަނީ އެދިފަ އެވެ.

ހއ. ކަނޑާލިފިނޮޅު ވަށަފަރުގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވަނީ މިއަރުގެ މާރިޗް މަހުގެ 6 ވަނަ ދުވަހުއެވެ.ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައެޅުއްވީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ތިލަދުންމަތީ އުތުރުބުރީ "ކަނޑާލިފިނޮޅު" އެ އަތޮޅު "ވަށަފަރު" ގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ ހއ. ވަށަފަރު ރައްޔިތުންގެ އެދުމުގެ މަތިންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ކަނޑާލި ފިނޮޅޮަށް" އަރާ ފޭބެނީ ވަށަފަރު ކައުންސިލުން ހުއްދަ ނަގައިގެންޚަބަރު | 3 ގަޑިއިރު ކުރިންވަށަފަރުން އެމްޑީޕީއަށް ޖާގައެއް ނުދިން، ހުރިހާ ގޮނޑިއެއް ވެސް ޕީއެންސީއަށް!ޚަބަރު | 4 މަސް ކުރިން