logo
Bank of Maldives

Bank of Maldives

ޚަބަރު

ވަށަފަރުން އެމްޑީޕީއަށް ޖާގައެއް ނުދިން، ހުރިހާ ގޮނޑިއެއް ވެސް ޕީއެންސީއަށް!

އައިޝަތު ނަޝާ
5 އޭޕްރީލު 2026 - 15:44
ވަށަފަރުން އެމްޑީޕީއަށް ޖާގައެއް ނުދިން، ހުރިހާ ގޮނޑިއެއް ވެސް ޕީއެންސީއަށް!

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ އިންތިހާބުގައި ވަށަަފަރުގެ ހުރިހާ ގޮނޑިއެއް ޕީއެންސީން ކާމިޔާބުކޮށް، ބޮޑު މޮޅެއް ހޯދައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފައިވާ އިއްޔެ ވަގުތީ ނަތީޖާއިން ދައްކާގޮތުން ވަށަފަރު ކައުންސިލާއި ޑަބްލިއުޑީސީގެ ހުރިހާ ގޮނޑިއެއް ނެގީ ޕީއެންސީންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން އެރަށު ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓު އަހްމަދު ޝަމްއޫން އެވެ. އޭނާއަށް 399 ވޯޓު ލިބިފައިވާއިރު، އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު އަބްދުއްﷲ މިސްބާހް އަށް ލިބިފައިވަނީ 125 ވޯޓެވެ.

ކައުންސިލްގެ އަންހެން މެންބަރު ކަމުގެ ގޮނޑި ވެސް ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ފަރީޝާއެވެ. ފަރީޝާ 362 ވޯޓް ހޯއްދެވި އިރު، އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު ވަހީދާއަށް ލިބުނީ 189 ވޯޓެވެ.

ކައުންސިލް މެމްބަރު ކަމުގެ ގޮނޑިއަށް އިންތިހާބުވީ ޕީއެންސީގެ ކެންޑިޑޭޓްމުހައްމަދު ޒަހީން އެވެ. އޭނައަށް ލިބިފައިވަނީ 266 ވޯޓެވެ. އެ ގޮނޑިއަށް ދެން ވާދަކުރެއްވި އެމްޑީޕީ ކެންޑިޑޭޓް އަހްމަދު ޔާނިޝް އަށް ލިބިފައިވަނީ 173 ވޯޓެވެ. ވަށަފަރު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި އިންތިހާބަކާއި ނުލައި ކާމިޔާބުކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓު އައިމިނަތު ޒުހޭރާއެވެ.

އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ގެ ގޮނޑި އިންތިހާބަކާއި ނުލައި ކާމިޔާބުކޮށްފައި ވަނީ ޝާއިޤާ އަހްމަދު ޝަފީގެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ކަނޑާލި ފިނޮޅޮަށް" އަރާ ފޭބެނީ ވަށަފަރު ކައުންސިލުން ހުއްދަ ނަގައިގެންޚަބަރު | 5 ގަޑިއިރު ކުރިންޕީއެންސީ އެތެރޭގެ އިންތިހާބުގެ ވޯޓްލުން ފަށައިފިޚަބަރު | 11 ދުވަސް ކުރިންޝުޖާޢު ޝާހިދަށް: މިސަރުކާރުން ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ނުކުރާނެޚަބަރު | 17 ދުވަސް ކުރިންޕީއެންސީގެ ދާއިރާ ރައީސުންނާއި ޚާއްސަ ވޮލަންޓިއަރުންގެ ޓީމާ ޕާޓީގެ ލީޑަރޝިޕުން ބައްދަލުކޮށްފިޚަބަރު | 21 ދުވަސް ކުރިން