logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީގެ ދާއިރާ ރައީސުންނާއި ޚާއްސަ ވޮލަންޓިއަރުންގެ ޓީމާ ޕާޓީގެ ލީޑަރޝިޕުން ބައްދަލުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
1 ޖުލައި 2026 - 08:01
ޕީއެންސީގެ ދާއިރާ ރައީސުންނާއި ޚާއްސަ ވޮލަންޓިއަރުންގެ ޓީމާ ޕާޓީގެ ލީޑަރޝިޕުން ބައްދަލުކޮށްފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޚާއްސަ ވޮލަންޓިއަރުންގެ ޓީމާއި އަދި ދާއިރާ ރައީސުންނާއި އެ ޕާޓީގެ ލީޑަރޝިޕުން ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމަކީ ކުރިއަށް އޮތް ޕާޓީގެ އެތެރޭގެ އިންތިޚާބުތަކަށް ތައްޔާރުވުމުގެ ގޮތުން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ 11 ޖުލައި 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާޓީގެ ދާއިރާތަކާއި ސްޓިއަރިންގް ކޮމިޓީތަކުގެ އިންތިޚާބުގެ އިންތިޒާމްތައް ހަމަޖެއްސުމާ ގުޅޭގޮތުންނެވެ. ވޮލަންޓިއަރުންގެ ޓީމުން މި އިންތިޚާބުގެ ކަންކަން އިންތިޒާމުކުރުމުގައި އަދާކުރާނެ ދައުރާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނެވެ.

މީގެ އިތުރުން، ކޮންގްރެސް ޕާޓީގެ ދާއިރާތަކުގެ ރައީސުންނާވެސް ޕާޓީގެ ލީޑަރޝިޕުން ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދާއިރާތަކުގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ފުޅާކުރުމަށާއި، ޖުލައި މަހު ބާއްވާ އިންތިޚާބަށް ދާއިރާތަކުން ވާންޖެހޭ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ހަމައެއާއެކު، ޕާޓީގެ އިންތިޚާބީ ކޮމިޓީގެ ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައިވެސް މައިގަނޑު ސަމާލުކަމެއް ދީފައިވަނީ 11 ޖުލައި 2026 ގައި ބޭއްވުމަށް ތާވަލުކޮށްފައިވާ ދާއިރާތަކާއި ސްޓިއަރިންގް ކޮމިޓީތަކުގެ އިންތިޚާބު އިންސާފުވެރިކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތަކަށެވެ.

ޕީއެންސީން އަންނަނީ ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ކުރިއަށް އޮތް އިންތިޚާބުތަކަށް ތައްޔާރުވުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ސިލްސިލާކޮށް ހިންގަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީ ނައިބު ރައީސް ކަމަށް ނިމާލް ވާދަ ކުރައްވަނީޚަބަރު | ދުވަހެއް ކުރިންތިން މަސްތެރޭ ދަރާނެ ކަމަށް ބުނި ގައުމު، ދަރުވާނުލާތީ، 2028 ރައީސް އަށް ދޭންޖެހޭ: އަދުރޭޚަބަރު | 2 ދުވަސް ކުރިންޕީއެންސީގެ ނައިބު ރައީސް ކަމަށް، މުންދު، ރާފިއު، ސައުދާ، ސައީދު، ޝުޖާއު އަދި އަސްމައްތަ ވާދަކުރައްވަނީޚަބަރު | 6 ދުވަސް ކުރިންއެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނާ މެދު އަމަލުކުރި ގޮތް ހަނދާން ނެތޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް: ފަލާހްޚަބަރު | 10 ދުވަސް ކުރިން