logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީ އެތެރޭގެ އިންތިހާބުގެ ވޯޓްލުން ފަށައިފި

އަޙުމަދު ރިޝާން
11 ޖުލައި 2026 - 05:37
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކަށް މެންބަރުން ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިޔަށް ދަނީ. –ފޮޓޯ/ޕީއެންސީ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކަށް މެންބަރުން ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިޔަށް ދަނީ. –ފޮޓޯ/ޕީއެންސީ

ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކަށް މެންބަރުން ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

ވޯޓްލުން ފަށާފައި ވަނީ މިއަދު ހެނދުނު 9:00 ގަ އެވެ. ވޯޓްލުން ނިންމާލުމަށް ނިންމާފައި ވަނީ މިއަދު ހަވީރު 4:00 ގަ އެވެ. މި އިންތިހާބުގައި ދާއިރާތަކުގެ ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބުރައީސުންނާއި، އެކި މަގާމުތަކާއި މެންބަރުކަމަށް ބޭފުޅުން އިންތިހާބުކުރާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކުގެ ތެރެއިން ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ނެތް ދާއިރާތަކުގެ ދާއިރާ ރައީސުން އިންތިހާބުކުރާނެ އެވެ. އަދި ޕީއެންސީ މެންބަރުން މަޖިލީހުގައި ތަމްސީލުކުރައްވާ ދާއިރާތަކަށް ދާއިރާތަކުގެ ނައިބުރައީސުން އިންތިހާބުކުރާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕީއެންސީން މައުލޫމާތު ދޭ ގޮތުގައި، މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ 131 ރަށު ދާއިރާއެއްގައި ކުރިއަށްގެންދާނެއެވެ. މިއީ ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރަށް ކެންޑިޑޭޓުން ކުރިމަތިލާފައިވާ ސަރަހައްދުތަކެވެ. މި ވޯޓާ އެކު އެ ޕާޓީގެ އެކި މަގާމުތަކަށް 2500 ވުރެ ގިނަ މީހުން ވާދަކުރެ އެވެ. މި އިންތިހާބަށް ފަހު އެ ޕާޓީގެ ކޮންގްރެސް ބާއްވާނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ފެށިގެން ހަތަރު ދުވަހުގެ ނިޔަލަށް، 18 ސެޕްޓެމްބަރާ ހަމައަށެވެ.

 

މާލޭގައި ވޯޓު ފޮށި ބަހައްޓާފައި ހުރި ސަރަހައްދުތައް 

  • މާލެ، އަމީނިއްޔާ ސްކޫލް ފޮށިތަކަށް ވޯޓުލާނީ މާލެ، އައްޑޫ، ފުވައްމުލައް އަދި ތިނަދޫ މެމްބަރުން
  • މާލެ، އިސްކަންދަރު ސްކޫލް ފޮށިތަކަށް ވޯޓުލަނީ ސިޓީތައް ފިޔަވާ އަތޮޅުތެރޭ މެމްބަރުން
  • ހުޅުމާލެ 2، ކާމިލް ދީދީ ޕްރީސްކޫލް ފޮއްޓަށް ވޯޓުލަނީ ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރުން
  • ހުޅުމާލެ 1، ރެހެންދި ސްކޫލްގައި ހުރި ފޮއްޓަށް ވޯޓުލަނީ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރުން
  • ވިލިމާލެ، މުހިއްޔުއްދީން ސްކޫލްގައި ހުރި ވޯޓުފޮށިތަކަށް ވޯޓުލަނީ ވިލިމާލެ ދާއިރާގެ މެމްބަރުން

 

ޕީއެންސީ ބުނީ މި އިންތިހާބުގައި ވޯޓްލާނީ އިލެކްޝަން ކޮމިޝަންގައި ހިމެނޭ އެޕާޓީގެ ދަފުތަރަށް ބަލައިން ކަމަށެވެ. އިލެކްޝަން ކޮމިޝަންގެ ދަފުތަރު ދައްކާ ގޮތުން ޕީއެންސީގައި 74،048 މީހުން އެބަތިއްބެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީ އެތެރޭގެ އިންތިހާބުގެ ވޯޓްލުން ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންޝުޖާޢު ޝާހިދަށް: މިސަރުކާރުން ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ނުކުރާނެޚަބަރު | 6 ދުވަސް ކުރިންޕީއެންސީގެ ދާއިރާ ރައީސުންނާއި ޚާއްސަ ވޮލަންޓިއަރުންގެ ޓީމާ ޕާޓީގެ ލީޑަރޝިޕުން ބައްދަލުކޮށްފިޚަބަރު | 10 ދުވަސް ކުރިން''ޕީއެންސީގެ ސަޕޯޓަރުންނަށް ކޮށްދެވޭނެ އެންމެ އަގުބޮޑު ޚިދުމަތަކީ ބައިބައިނުވެ ރައީސް ދެވަނަ ދައުރަކަށް ހޮވަން މަސައްކަތްކުރުން''ޚަބަރު | 18 ދުވަސް ކުރިން