" ހާފް މެރަތަން 2026" ގެ އެކްސްލޫސިވް ބޭންކިންގ ޕާޓްނަރ އަކަށް ބީއެމްއެލް
23 ޖުލައި 2026 - 13:49

ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް ހާފް މެރަތަން 2026 (އެމްއެޗްއެމް26)ގެ އެކްސްލޫސިވް ބޭންކިންގ ޕާޓްނަރގެ ގޮތުގައި އައިރަނާސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި ދުވުން ބާންވަން ހަމަޖައްސާފައި ވަނީ އޮގަސްޓް 14 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. 2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ގެންދަނީ އަށް ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރުގެ ފަން ރަން، 5 ކިލޯމީޓަރުގެ ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައް ހިމެނެ އެވެ.

Ad by Hajj Corporation
މި ދުވުމުގެ ހަރަކާތުގެ އިތުރުން، އައިރަނާސް އިން އިންތިޒާމުކޮށްގެން ތިން ދުވަހުގެ އެކްސްޕޯއެއް ހުޅުމާލޭ ރަނިންގ ޓްރެކް ގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ. މި އެކްސްޕޯ ކުރިއަށް ދާނީ އޮގަސްޓް 11 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށެވެ.
ބީއެމްއެލް އިން ބުނީ އެމްއެޗްއެމް26 އަށް ރަޖިސްޓަރކޮށްގެން ލިބޭ ފައިސާގެ ތެރެއިން ބައެއް "ޕްރޮޓެކްޓް ރީފް ކެމްޕޭން" ގެ ދަށުން މިއަހަރު "ސޭވް ދަ ބީޗް" އަށް ހަދިޔާކުރާނެ އެވެ.


